5 ވަނަ ރަކުއަތަކަށް (އިތުރު ރަކުއަތަކަށް) އިމާމު މީހާ ތެދުވެއްވެޖެ ނަމަ ހަދާނީ ކިހިނެއް؟

ފަހުގެ ދީން

އިމާމު މީހާ އިތުރު ރަކުއަތަކަށް ތެދުވެއްޖެނަމަ ކަންތައްކުރާނީ ކިހިނެއްތޯ؟ އާދެ މިހާލަތުގައި އިމާމު މީހާއާ ގާތުގައި ތިބިމީހުން ސުބުހާނަ ﷲ ކިޔާނީ އަދި ދުރުގައި ތިބިމީހުން އިމާމައަށް ތަބާނުވެ ތިބޭނީއެވެ.

ދެން އުފެދޭ ސުވާލަކީ އިމާމާއަށް ނަމާދުގެ ހަރަކާތްތަކުގައި ތަބާވާން ޖެހޭނުން ހެއްޔެވެ؟ އާނއެކެވެ. ނަމާދުގައި އިމާމައަށް ތަބާވާން ޖެހޭނެއެވެ. ނަމަވެސް އިމާމާއަށް ތަބާވާން ނުޖެހޭ ހާލަތްތަކެއްވެސް ހުރެއެވެ. އެގޮތުން އިތުރު ރަކުއަތަކަށް އިމާމު ތެދުވުން މިއީ އިމާމާއަށް ތަބާވާން ނުޖެހޭ ހާލަތުން ކުރެ ހާލަތެކެވެ.

އިޝްތިހާރު
އިޝްތިހާރު

ތަބާވާން ނުޖެހޭ ހާލަތެއްގައި ފަހަރުގައި ނަމާދުގައި ތިބި މީހުން އިމާމާއަށް ތަބާ ވެއްޖެނަމަ ވާނީ ކިހިނެއްތޯ މިއީ ދެން އުފެދޭނެ ސުވާލެވެ. އާދެ މިހާލަތުގައި ދެ ޝަރުތެއް ހަމަވާނަމަ އޭނާގެ ނަމާދު ބާތިލް ވާނެއެވެ. އެއީ އިމާމާ އެކުރަނީ ކަނޑަ އެޅިގެން އިތުރު ރަކުއަތެއްކަން ޔަގީންވުމާއި އިތުރު ރަކުއަތެއްގައި އިމާމާއަށް ތަބާވުން އެއީ ހަރާން ކަމެއްކަން އެނގިހުރެ ތަބާވެއްޖެނަމަ ނަމާދު ބާތިލް ވާނެވެ. ނަމަވެސް މި ދެ ޝަރުތު ހަމަ ނުވާނަމަ އޭނާގެ ނަމާދު ބާތިލެއްނުވާނެއެވެ.

މިހާލަތުގައި ކަން ކުރާނެގޮތާމެދު ޝެއިހުލް އިސްލާމް އިބުން ތައިމިއްޔާއަށް ސުވާލު ވެވުނު ހިނދު ވިދާޅުވިއެވެ. މައުމޫމުން އިމާމާއަށް ތަބާވީ އޭގެ ހުކުމް ނޭނގި ނަމަ އެބައިމީހުންގެ ނަމާދު ބާތިލެއް ނުވާނެއެވެ. އެހެނެއް ކަމަކު އޭގެ ހުކުމް އެބައި މީހުނަށް އިނގޭނަމަ އެބައި މީހުންގެ ނަމާދު ބާތިލް ވާނެއެވެ. ނަމަވެސް ހުކުމް އިނގޭނަމަ އިމާމާއަށް ތަބާވުން އެއީ އެކަށޭނަ ގޮތެއްނޫނެވެ. އެހެނަސް އެބައި މީހުނަށް އޮތީ އިމާމާ ސަލާންދެންދެން މަޑުކުރުން ނުވަތަ ވަކިން އައްތަހިޔާތު ކިޔާ އެބައިމީހުން ސަލާންދިނުމެވެ.

އިހު ބުނެވުނު 2 ގޮތަށްވެސް އަމަލުކުރުން ހުއްދައެވެ. ނަމަވެސް އެންމެ އެދެވިގެން ވަނީ އިމާމާއެކު ސަލާދޭން މަޑުކުރުމެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ