2021 ވަނަ އަހަރު ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގައި ހަނިމާދޫ ކައުންސިލް އަށް ކުރި އެރުމެއް

ހަނިމާދޫ ޚަބަރު ފަހުގެ

2021 ވަނަ އަހަރު ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގައި ހަނިމާދޫ ކައުންސިލް އަށް ކުރި އެރުމެއް ހޯދައިފިއެވެ.

މިރޭ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކުރި “ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސް ނަތީޖާ 2021″ ހަނިމާދޫ ކައުންސިލް ހިމެނިފައިވަނީ 126 ވަނައީގައެވެ. ނަމަވެސް 2020 ވަނަ އަހަރު ހިމެނިފައި ވަނީ މައުލޫމާތާއި ކިތާބީހެކި ހުށައަޅާފައި ނުވާ ކައުންސިލްތަކުގެ ތެރޭގައެވެ. 2019 ވަނަ އަހަރު 85 ވަނާގައި ހަނިމާދޫ ކައުންސިލް ހިމެނިފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްއަކީ ކައުންސިލްތަކުގެ މަސައްކަތުގެ ފެންވަރު ނުވަތަ ޕާފޯމަންސް މިންކޮށް ވަޒަން ކުރުމަށް އެލްޖީއޭއިން އެކުލަވާލާފައިވާ މިންގަނޑެކެވެ. ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްގެ އެހީގައި ލާމަރުކަޒީ ޤާނޫނުން އުފެދިފައިވާ ރަށުކައުންސިލްތަކާއި، އަތޮޅުކައުންސިލްތައް މިންކޮށް ވަޒަންކުރުމުގެ މަސައްކަތް އެލްޖީއޭއިން ވަނީ ފަށާފައެވެ. އަދި މިއިންޑެކްސް ބޭނުންކޮށް އަހަރަކު އެއްފަހަރު ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ޕާފޯމަންސް މޮނީޓާކޮށް ރޭންކް ކުރެވެމުން ގެންދެއެވެ.

މިގޮތަށް ކައުންސިލްތައް ރޭންކް ކުރަމުން ދަނީ ކައުންސިލް ޕާފޯމަންސަށް ބަލައި އެންމެ މަތިން ޕޮއިންޓް ހޯދާ ކައުންސިލުން ފެށިގެން ތަރުތީބުވާ އުސޫލުންނެވެ. މި އިންޑެކްސްއިން ލިބޭ ނަތީޖާއަށް ބަލައި ކައުންސިލްތައް ރޭންކް ކުރުމުގެ އިތުރުން ކައުންސިލްތަކުގެ ބަޖެޓް ކަނޑައެޅުމުގައިވެސް ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސް މުހިއްމު ދައުރެއް އަދާކުރާނެކަމަށް އެލްޖީއޭއިން ބުނެފަވެއެވެ.

ކައުންސިލްތަކުން ކުރާ މަސައްކަތްތަކުގެ ފެންވަރު ވަޒަންކޮށް ކައުންސިލްތަކުގެ ރޭންކިންގ ކަނޑައެޅުމަށްޓަކައި، ލޯކަލް ކައުންސިލްސް ޕާރފޯމަންސް އިންޑެކްސްގެ ނަމުގައި ޚާއްސަ އިންޑެކްސްއެއް ތަޢާރަފްކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަހުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ