ގައުމުގެ މުސްތަގުބަލަކީ މިއަދުގެ ޒުވާނުން: ފަޒްނާ

ޚަބަރު ފަހުގެ

ޤައުމުގެ އާރާއިބާރާއި، މުސްތަޤްބަލަކީ ވެސް މިއަދުގެ ޒުވާނުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެ އެވެ.

ފަޒްނާ މިހެން ވިދާޅުވީ ދެވަނަ ގްލޯބަލް ޔޫތު މޮބިލައިޒޭޝަން (ޖީ.ވައި.އެމް) އަދި ބިގް ސިކްސް މޫވްމަންޓް ހުޅުވުމުގެ ގޮތުން ވަރޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ގާލްގައިޑުންނާއި ޒުވާން ލީޑަރުންގެ ކުރިއެރުމަށް ދޭ ސަމާލުކަން އިތުރުކުރުމަށް އެދިވަޑައިގެންފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޖީ.ވައި.އެމް.ގެ މި ވަރޗުއަލް ރަސްމިއްޔާތަކީ، ޒުވާނުންގެ އިސްނެގުމާއެކު ކުރިއަށް ގެންދާ ގްލޯބަލް އެކްޝަންއަށް ދެ އަހަރު ފުރުމާއި އޭގެ ފައިނަލް އިމްޕެކްޓް ރިޕޯޓް 2020 ވަނަ އަހަރުގެ ޑިސެންބަރުމަހު އިފްތިތާޙްކުރުމަށް ފަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނާ ހަމައަށް ވާޞިލްކޮށްދިނުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތެކެވެ.

މި ވާޗުއަލް އިވެންޓުގައި، ޒުވާނުންގެ އިސްނެގުމާއެކު ހޯދާފައިވާ އެކިއެކި ޙައްލުތަކާ ގުޅޭގޮތުންނާއި ބިގް ސިކްސް އަދި ޕާޓްނާޝިޕް މޮޑެލްތަކާ ގުޅޭގޮތުންނާއި ގްލޯބަލް ޔޫތު ފައިނޭންސިން މޮޑެލްތަކުން ލިބުނު ތަޖުރިބާތަކާއި ގުޅޭގޮތުން މައުލޫމާތު ޙިއްޞާކޮށް މަޝްވަރާ ކުރާނެ އެވެ.

ފަޒްނާ ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 ގެ ފްރަންޓްލައިންގައި ހަރަކާތްތެރިވި ޒުވާނުން، އެއްވެސް މަޖުބޫރުކަމެއްނެތި ކަންކަމުގައި އިސްނަގައިގެން އުޅުމާއި، އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައްވެސް ޝާމިލުކޮށް އެ ފަރާތްތަކުގެ އުފާވެރިކަން ކަށަވަރުކުރުމަށް ކުރި މަސައްކަތްތަކުން އެ ޒުވާން ލީޑަރުންނަކީ ނަމޫނާ އަދި ބަދަލުގެނެސްދެވޭނެ ފަރުދުންތަކެއްކަން ސާބިކޮށްދީފައިވާކަން ފާހަގަކުރެއްވި އެވެ.

ޖީވައިއެމްއާއި ދެވަނަ ބިގް ސިކްސް މޫވްމަންޓްގެ ކާމިޔާބުކަމާ އެކު ބޭއްވުމުން އެކަމަށް މަރުޙަބާ ވިދާޅުވެ، ފަޒްނާ ވަނީ މިއާއެކު މުސްތަޤުބަލުގެ ލީޑަރުން ބިނާކުރުމަށް ހުރި ހުރަސްތަކާއި މައްސަލަތަކުން އަރައިގަތުމުގެ އެންމެ ރަނގަޅު ގޮތްތައް ފެނިގެންދާކަން ފާހަގަކުރައްވާފަ އެވެ.

މީގެއިތުރުން ރާއްޖޭގެ ތިން ގާލްގައިޑެއް ފުރަތަމަ ޖީވައިއެމް އިވެންޓުގައި ބައިވެރިވާކަމާއި އަދި 2 ގައިޑަކު އިންޑިޔާގެ ޕޫންގައި ކުރިޔަށްދިޔަ ޔޫތް އިވެންޓުގައި ބައިވެރިވެ ރާއްޖޭގެ ޒުވާނުންގެ ލީޑަރޝިޕް ދައްކަމުން އަންނަކަން ފާހަގަކުރައްވާފަ އެވެ.

ފަޒްނާ ވަނީ ހުރިހާ ފަންތިއެއްގައި ޒުވާނުންގެ ބައިވެރިވުން ހިމަނައި، ޒުވާނުންގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ މަސައްކަތްކާއި ދެއްވާ އެއްބާރުލުން ވެސް ފާހަގަކުރައްވާފަ އެވެ. އަދި ޗީފް ގައިޑެއްގެ ހައިޞިއްޔަތުން، ގާލް ގައިޑުންނާއި ޒުވާނުންނަށް ރަނގަޅު މުސަތަޤްބަލެއް ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ