ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ އެއްބުރުން: ރައީސް

ފަހުގެ ސިޔާސީ

ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރާނީ އެއްބުރުން ކަމަށް އެ ޕާޓީގެ ރިޔާސީ ލީޑަރު އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ޞާލިހަށް އެރުވުމަށް ޓަކައި މިރޭ ކާނިވަލުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިރެއަކީ އަނެއްކާވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީ ކާމިޔާބުކުރުމަށް ޓަކައި ކުރިއަށް ފިޔަވަޅެއް އަޅާ ރޭ ކަމަށެވެ. އަދި ހުސްވި ޖަނަވަރި 28 ވަނަ ދުވަހު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓަކު އެމްޑީޕީގެ މެންބަރުން ކަނޑައެޅި ކަމަށާއި، އެ ދުވަހު ދައްކައިދިނީ އެމްޑީޕީއަކީ ޑިމަކްރަސީއަށް ފައްކާވެފައި އޮތް ޕާޓީއެއްކަމާއި ހިޔާލުތަފަތުވުންތަކަށް ޖާގައޮތް ޕާޓީއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމްޑީޕީން އެ ދުވަހު ދައްކައިދިނީ އެއްބަސް ވުމަށް ޓަކައި ދެބަސްވާ ގޮތުގެ ނަމޫނާއެއްކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ހިޔާލުތަފާތުވުން ހުއްޓަސް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް މުޅި ޕާޓީ އެއްވާންވީ ވަގުތުކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަގުސަދާއި ބޭނުން ވަރަށް ސާފު ކަމަށާއި ބޭނުމީ ރާއްޖެއަކީ ސުލްހަ ގާއިމުވެފައި އޮތް ތަނަކަށް ވުމާއި އިސްލާމްދީނުގެ ސާފު އަގީދާގައި ދެމި ތިބޭ ބަޔަކަށްވުމާއި ރާއްޖެއަށް ގެނެވޭ ތަރައްގީއާއެކު ކުރިއަށް ދާން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ