ފުރަގަސް ފަރާތުގައި ފޮރުވައިގެން ޖަލަށް ޑުރަގް ވައްދަން މަސައްކަތްކުރި ގައިދީއަކު އަތުލައިގެންފި އެވެ.
ކޮމިޝަނާ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާފުށި ޖަލަށް ގެނައި އެ ގައިދީ އަތުލައިގަތީ ޑުރަގް އެތެރެކުރަން އުޅޭ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު ކަމަށެވެ.
އެގޮތުން އެ ގައިދީގެ ހަށިގަނޑު އެކްސްރޭ ނަގައި ބެލިއިރު އެ ގައިދީގެ ފުރަގަސްފަރާތުގައި ފޮރުވާފައި ހުރި މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވިދާޅުވި އެވެ.
ކޮމިޝަނަރުގެ ޓުވީޓުގައި ޖަލަށް ވައްދަން އުޅުނު ޑުރަގާއި އެކްސްރޭގެ ފޮޓޯއެއް ވަނީ ހިއްސާކޮށްފަ އެވެ. އެގޮތުން ޑުރަގް ބަންދުކޮށްފައި ހުރީ ޖޫސްޕެޓީ ކޮތަޅެއްގަ އެވެ.