ހަނިމާދޫގައި ހޮސްޕިޓަލް އެޅުމަށް މިހަފްތާގެ ތެރޭގައި ހަވާލުކުރަނީ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫގައި ހޮސްޕިޓަލްތަކުގެ މަޝްރޫއުތައް ކުރިޔަށްގެންދިޔުމަށް މި ހަފުތާގެ ތެރޭގައި ހަވާލުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޮސްޕިޓަލުގެ މަސައްކަތް ލަސްވާ ސަބަބާއި އެއްބަސްވުމުގައި ސޮއިކުރެވޭނެ ދުވަހަކާ ގުޅޭގޮތުން މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ، ހޮސްޕިޓަލު އެޅުމަށް ބޭނުންވާ ފައިސާ ކުވައިތު ފަންޑުން މިހާރު ހަމަޖެހިފައިވާއިރު، އެ ފަންޑުގެ އެހީގައި އަޅާ ހޮސްޕިޓަލްތަކުން މިހާރު ޓެންޑާ މަރުހަލާގައި ހަތް ހޮސްޕިޓަލެއް އެބަ އޮތް ކަމަށެވެ. އަދި އެ ހޮސްޕިޓަލުތަކުގެ އިވެލުއޭޝަން މަރުހަލާ މިހާރު ނިމިފައިވާއިރު، މި ހަފްތާގެ ތެރޭގައި މަސައްކަތް ހަވާލުކުރާނެ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާވީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫގެ އިތުރުން ތ. ވިލުފުށީގައިކަން ހާމަކުރައްވާފައެވެ. ކޮންމެ ރަށެއްގައިވެސް އަޅަނީ 30 އެނދުގެ ހޮސްޕިޓަލެވެ.

މިއީ ކުވެއިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭ.އީޑީ)ގެ އެހީގެ ދަށުން ހިންގާ ސްޓްރެންތެނިން އޮފް ހެލްތް ސެކްޓާ ޕްރޮޖެކްޓްގެ ދަށުން ތަރައްގީ ކުރާ ހޮސްޕިޓަލް ތަކެކެވެ.

މި ހަތް ހޮސްޕިޓަލާއެކު، އެކި މަރުހަލާތަކުގައި 22 ރަށެއްގައި ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް މީގެކުރިން ސަރުކާރުން ހާމަކޮށްފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ