ހަނިމާދޫ ޒުވާނުން ޖަމިއްޔާގެ ފަރާތުން އިންތިޒާމުކުރާ އަންހެން ވޮލީ މުބާރާތުގެ ގުރުއަތުލުން ކުރިޔަށް ގެންގޮސްފިއެވެ. މި މުބާރާތަށް ދީފައި ވާ ނަމަކީ ” އެޗް.ޒެޑް.ޖޭ އަންހެން ވޮލީބޯޅަ މުބާރާތް 2023″ އެވެ.
މިރޭ ހަނިމާދޫ ބުރޭކްޓައިމް ގައި މި މުބާރާތުގެ ގުރުއަތުލުން ކުރިޔަށް ގެންގޮސްފައިވާއިރު މުބާރާތުގައި 5 ޓީމް ބައިވެރި ވެފައިވެއެވެ. އެއީ ރޫހް، އުންމީދު، ރެޔާ ސްކޮޑް، ބެއާފޫޓް، އަދި ހިޔަލައެވެ.
މި މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅެ ޕޮއިންޓު ތާވަލުގެ އެއްވަނަ ފައިނަލަށް ސީދާ ދަތުރު ކުރާހެންނެވެ. އަދި ފައިނަލަށްދާ ދެ ވަނަ ޓީމް ހޮވާނީ ޕޮއިންޓް ތާވަލުގެ ދެވަނަ އަދި ތިންވަނަ ސެމީއެއް ކުޅެ އެތަނުން މޮޅުވާ ޓީމެކެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 10 ވަނަ ދުވަހު ހަވީރު ބައްދަލު ކުރާނީ ރޫހް އަދި އުންމީދުއެވެ.
އެޗް.ޒެޑް.ޖޭ އަންހެން ވޮލީބޯޅަ މުބާރާތް 2023 ގެ ހުރިހާ މެޗެއް ގޮށްކޮޅު ފޭސްބުކް ޕޭޖުން ލައިވް ކުރުމަށްވަނީ ހަމަޖެހިފައެވެ.