މަނަދޫ މަގުތަކުގައި ތާރުއަޅަން އާރްޑީސީއަށް ހަވާލުކޮށްފި

ޚަބަރު ފަހުގެ

ނ. މަނަދޫ މަގުތަކުގައި ތާރުއެޅުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާ ހަވާލު ކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ޕާރމަނަންޓް ސެކްރަޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ އަހްމަދު ޝާހިދެވެ.

އިޝްތިހާރު
އިޝްތިހާރު

ޑިޒައިން އެންޑް ބިލްޑް އުސޫލުން މި މަސައްކަތް އާރްޑީސީއަށް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 75.7 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން މަނަދޫގެ 4.2 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުން ހިމެނެއެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމާއި މަގުތަކުގައި މަގުބައްތިޖެހުން ހިމެނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ