ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ “އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023” ގެ ފެށުން އުންމީދު އަދި ރޭރް ސްކޮޑް ރަނގަޅުކޮށްފިއެވެ.
މިއަދު ހަވީރު އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023 ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކުރީ އުންމީދު އަދި ރޫހެއެވެ. އުންމީދު މިމެޗު ކަމިޔާބު ކުރީ ސީދާ ތިންސެޓުންނެވެ. އުންމީދު ފުރަތަމަ ސެޓް 25-11 ކަމިޔާބު ކުރި އިރު ދެވަނަ ސެޓް 25-16 ވަނީ ކަމިޔާބު ކޮށްފައެވެ. ތިން ވަނަ ސެޓް ކާމިޔާބު ކުރީ 25-19 އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އުންމީދު ޓީމްގެ 20 ނަންބަރު އައިސަތު އާދަމްއެވެ.
ދެވަނަ މެޗުގައި މިރޭ ބައްދަލު ކުރީ ބެއާފޫޓް އަދި ރޭރް ސްކޮޑްއެވެ. މި މެޗު ކާމިޔާބުކުރީ ރޭރް ސްކޮޑްއެވެ. ފުރަތަމަ ސެޓުގައި ވާދަވެރި ކުޅުމެއް ފެނުން ނަމަވެސް ދެން ކުޅުނު ދެ ސެޓް ރޭރް ސްކޮޑް ކާމިޔާބު ކުރީ ނުހަނު ފަސޭހަކަމާއެކުއެވެ. އެގޮތުން ފުރަތަމަ ސެޓް 29-19 ގެންދިޔައިރު ދެވަނަ ސެޓް ގެންދިޔައީ 25-16 އެވެ. އަދި ތިވަނަ ސެޓް 25-13 ވަނީ ކާމިޔާބު ކޮށްފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ރޭރް ސްކޮޑް ގެ 12 ނަންބަރު ޝަހުމީލާ އަބްދުލް ހަކީމެވެ.
މާދަމާވެސް މި މުބާރާތުގެ ދެމެޗު ކުޅޭނެއެވެ. އެގޮތުން ހަވީރު ބައްދަލު ކުރާނީ ރޫހް އަދި ހިޔަލައެވެ. އަދި ރޭގަނޑު މެޗުގައި ބައްދަލު ކުރާނީ އުންމީދު އަދި ރޭރް ސްކޮޑްއެވެ. މި ދެ މެޗުވެސް ގޮށްކޮޅު ގެ ފޭސްބުކް ޕޭޖުން ލައިވްކުރުމަށް ވަނީ ހަމަ ޖެހިފައެވެ.