ރާއްޖެ އެތެރެ ކުރަން އުޅުނު ނުވަ ލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ޚަބަރު ފަހުގެ

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު ނުވަ ލައްކަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތި އަތިލައިގެންފައިވަނީ މިމަހުގެ 7 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައި، ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކަސްޓަމްސް އިން ބުނީ އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހްލީލް ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (mephedrone) އަށް ޕޮޒިޓިވްވެފައި ވާކަމަށެވެ. ބަރުދަނުގައި ޖުމްލަ 520 ގްރާމް ހުރިއިރު އެތަކެތީގެ މަގުމަތީގެ އަގު 900،000 (ނުވަ ލައްކަ) ރުފިޔާއަށް އަރާ ކަމަށް ވެސް ކަސްޓަމުން ވަނީ ބުނެފައެވެ.

އިތުރަށް ތަޙްޤީޤް ކުރުމަށްޓަކައި އެ ޕެކޭޖް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ