އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023: އުންމީދު އަދި ހިޔަލަ އިން މެޗުތަށް ކާމިޔާބުކޮށްފި

ކުޅިވަރު ފަހުގެ

އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023 ގައި އުންމީދު ޓީމުން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށްފައިވާއިރު ޓީމް ހިޔަލަގެ ފުރަތަމަ މެޗު އެޓީމުން ކާމިޔާބުކޮށްފިއެވެ.

މި މުބާރަތުގައި އިއްޔެ ހަވީރު ބައްދަލުކޮށްފައިވަނީ ޓީމް ހިޔަލައާއި ރޫޙް ޓީމެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްފައިވަނީ ހިޔަލަ ޓީމުންނެވެ. އެއީ 25-14 ، 25-22، 25-16 އިންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ހިޔަލަ ޓީމްގެ ޖޯޒީ ނަމްބަރު 9، އައިމިނަތު އަރީޝާއެވެ.

އިއްޔެގެ ދެވަނަ މެޗުގައި ރޭ ބައްދަލުކުރީ ޓީމް އުންމީދާއި ޓީމް ރެއަރ ސްކޮޑެވެ. މި މެޗު ތިން ސެޓް އެއް ސެޓުން ކާމިޔާބުކުރީ އުންމީދު ޓީމުންނެވެ. މެޗުގެ ފުރަތަ ދެސެޓް ގެންދިޔައީ އުންމީދުންނެވެ. އެއީ 27-25، 25-18 ނަމަވެސް ތިން ވަނަ ސެޓް ރެއަރ ސްކޮޑުން ގެންދިޔައީ ފަސޭހަކަމާއެކުއެވެ. އެއީ 25-09 ނެވެ. ހަތަރު ވަނަ ސެޓު ވާދަވެރި ކުޅުމަކަށްފަހު 25-23 ކާމިޔާބުކުރީ އުންމީދެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އުންމީދު ޓީމްގެ ޖޯޒީ ނަމްބަރު 3 ޚަދީޖާ ޢަބްދުއްސަމަދެވެ.

މި މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރީ ބެއާފޫޓާއި ހިޔަލައެވެ. މިރޭގެ މެޗުގައި ބައްދަލުކުރާނީ ރޫޙް އާއި ރެއަރ ސްކޮޑެވެ. ސްޓްރީމިން ޕާޓްނަރ ގެ ހަސިއްޔަތުން ހަވީރުގެ މެޗު ގޮށްކޮޅުގެ ފޭސްބުކް ޕޭޖުން ލައިވްކުރިއިރު، މިރޭ ކުޅޭ މެޗުވެސް ގޮށްކޮޅުން ޕޭޖުން ވަގުތުން ދެއްކުމަށް ހަމަޖެހިފައެވެ.

މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި އެސްޓީއޯ، ހަނިމާދޫ ޑަބްލިއުޑީސީ، ޗިލް ޓައިމް، ސެރޫލިއަން ވިއު ރެސިޑެންސް، ބްރޭކް ޓައިމް، ހަނިމާދޫ ކައުންސިލް، ޕެންޓަގްރާމް، ތިލަދުން ހިމެނެއެނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ