ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ ވަކިން ވާދަކުރަން ނިންމައިފި

ޚަބަރު ފަހުގެ ސިޔާސީ

ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރަން ނިންމައިފިއެވެ.

މިއަދު ބޭއްވި ޖުމްހޫރީޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރުމަށް ފާސްކުރީ ކައުންސިލް ބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި ނިންމުމާއެކު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަން އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި އިންތިހާބު ކާމިޔާބު ކުރުމަށް އިތުރު ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ ބާރުވެސް ޖޭޕީގެ ކައުންސިލުން ޤާސިމަށްވަނީ އަރުވާފައެވެ.

ސަރުކާރު ކޯލިޝަންގައި އޮތް ޖޭޕީގެ މި ނިންމުމާއެކު ރާއްޖޭގެ ސިޔާސީ މަސްރަޙަށް ބޮޑު ބަދަލެއް އަންނާނެކަމަށް ބެލެވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ