ޖަވާހިރުލް ޤުރުއާން މުބާރާތް 1444 ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ކައުންސިލާއި، ހަނިމާދޫ ސްކޫލާއި ގުޅިގެން ކުރިޔަށްގެންދިޔަ ޖަވާހިރުލް ޤުރުއާން މުބާރާތް 1444 ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ޖަލުސާ ބާއްވާފައިވަނީ އިއްޔެ ހަނިމާދޫ އިޖްތިމާއީ މަރުކަޒުގައެވެ. މިއީ ހަނިމާދޫ ކައުންސިލުން ބޭއްވި މިފަދަ 2 ވަނަ މުބާރާތެވެ.

މިފަހަރުގެ މުބާރާތަށް އިންސާފުކޮށްދެއްވީ އަލްފާޟިލް ނިޝަންދު ހުސެއިން، އަލްފާޟިލް ފިރާޤް މުޙައްމަދު އަދި އަލްއުސްތާޛު މުޙައްމަދު ނިޔާޒް އަބްދުލް ރަހްމާންއެވެ.

އިޝްތިހާރު
އިޝްތިހާރު

ކީ ސްޓޭޖްތަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ މި މުބާރާތުގައި 115 ދަރިވަރުން ވަނީ ބައިވެރިވެފައިވެއެވެ. އެގޮތުން ފައުންޑޭޝަން ބަލައިގެން ކިޔެވުމުގެ ގޮފިން 2 ދަރިވަރުން ބައިވެރިވެފައިވާއިރު 10 ދަރިވަރުން ވަނީ ނުބަލާ ކިޔެވުމުގެ ގޮފީގައި ބައިވެރިވެފައެވެ. ކީ ސްޓޭޖު 1 ން 15 ދަރިވަރުން ނުބަލާ ކިޔެވުމުގެ ބައިވެރި ވެފައިވާއިރު ބަލައިގެން ކިޔެވުމުގެ ގޮފިން 16 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. ކީ ސްޓޭޖް 2 ބަލައިގެން 36 ދަރިވަރުން ބައިވެރި ވެފައިވާއިރު، ނުބަލާ ކިޔެވުމުގެ ގޮފިން 1 ދަރިވަރު ވަނީ ބައިވެރިވެފައެވެ. ކި ސްޓޭޖް 3 ން 15 ދަރިވަރުން ބަލައިގެން ކިޔެވުމުގެ ގޮފިން ބައިވެރިވެފައި ވާއިރު ކީ ސްޓޭޖް 4 ން 10 ދަރިވަރުން ބަލައިގެން ކިޔެވުމުގެ ގޮފީގައި ބައިވެރިވެފައިވެއެވެ.

އިއްޔެގެ ހަފުލާގައި ވަނީ ކީ ސްޓޭޖްތަކުން ވަނަ ވަނައަށް ދިޔަ ދަރިވަރުންނާއި ގޮފިތަކުން ވަނަ ވަނަ ދިޔަ ދަރިވަރުންނަށް ހަނިމާދޫ ކައުންސިލުން ދޭ ސެޓްފިކެޓް އަދި ފައިސާގެ އިނާމް ހަވާލު ކޮށްފައެވެ.

މުބާރާތުގެ ވަނަތައް

  • ފައުންޑޭޝަން 1،2،3 ދަރިވަރަކު ހޮވިފައެއް ނުވޭ

ކީ ސްޑޭޖް 1

  • 1 ވަނަ އަދި 2 ވަނައަށް ކުއްޖަކު ހޮވިފައެއް ނުވެއެވެ.
  • 3 ވަނަ މަހުދީ ބިން އަލީ އިބްރާހިމް (ކައުންސިލުން ދިން ފައިސާގެ އިނާމް 1000 ރުފިޔާ)

ކީ ސްޓޭޖް 2 ނުބަލާ ކިޔެވުމުގެ ގޮފި

  • 3 އަދި 2 ވަނައަށް ދަރިވަރަކު ހޮވިފައެއް ނުވޭ
  • 1 ވަނަ އައްޔޫބު އަބްދުﷲ ރަޝީދު

ކީ ސްޓޭޖް 2 ބަލައިގެން ކިޔެވުން

  • 3 ވަނަ އީމާ އަޝްރަފް (ކައުންސިލުން ދިން ފައިސާގެ އިނާމް 1000 ރުފިޔާ)
  • 2 ވަނަ ޚަލަފް މުޙައްމަދު ޙަނީފް (ކައުންސިލުން ދިން ފައިސާގެ އިނާމް 1500 ރުފިޔާ)
  • 1 ވަނަ ފާތުމަތު މާޝާ ބިންތު އަހްމަދު (ކައުންސިލުން ދިން ފައިސާގެ އިނާމް 2000 ރުފިޔާ)

ކީ ސްޓޭޖް 3

  • 3 ވަނަ ޝާޔާ އަޙްމަދު ރައޫފް (ކައުންސިލުން ދިން ފައިސާގެ އިނާމް 1000 ރުފިޔާ)
  • 2 ވަނަ ޝަބާ އަބްދުﷲ ރަޝީދު (ކައުންސިލުން ދިން ފައިސާގެ އިނާމް 1500 ރުފިޔާ)
  • 1 ވަނަ އާމިނަތު ނަޒާތު ޝާހިދު (ކައުންސިލުން ދިން ފައިސާގެ އިނާމް 2000 ރުފިޔާ)

ކީ ސްޓޭޖް 4

  • 3 ވަނަ މީޝްކާ މުހައްމަދު އަޝްރަފް ، ޒާހާ ޖައުފަރު (ކައުންސިލުން ދިން ފައިސާގެ އިނާމް 1000 ރުފިޔާ)
  • 2 ވަނަ ޝަރާ މުހައްމަދު ރާޟީ (ކައުންސިލުން ދިން ފައިސާގެ އިނާމް 1500 ރުފިޔާ)
  • 1 ވަނަ މަރްޔަމް އިބާ (ކައުންސިލުން ދިން ފައިސާގެ އިނާމް 2000 ރުފިޔާ)

މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފީގެ ވަނަތައް

  • 3 ވަނަ އަދި 2 ދެވަނަ ދަރިވަރަކު ހޮވިފައެއް ނުވޭ
  • 1 ވަނަ އައްޔޫބު އަބްދުﷲ ރަޝީދު (ކައުންސިލުން ދިން ފައިސާގެ އިނާމް 5000 ރުފިޔާ)

ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން

  • 3 ވަނަ ޝާޔާ އަޙްމަދު ރައޫފް (ކައުންސިލުން ދިން ފައިސާގެ އިނާމް 1500 ރުފިޔާ)
  • 2 ވަނަ ޝަބާ އަބްދުﷲ ރަޝީދު (ކައުންސިލުން ދިން ފައިސާގެ އިނާމް 2500 ރުފިޔާ)
  • 1 ވަނަ އާމިނަތު ނަޒާތު ޝާހިދު (ކައުންސިލުން ދިން ފައިސާގެ އިނާމް 5000 ރުފިޔާ)
އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ