އިންޓަ ސްކޫލް ލަވަ މުބާރާތް ބާއްވަނީ

ޚަބަރު ފަހުގެ

ގިނަ އަހަރުތަކެއްގެ މެދުކެޑުމަކަށް ފަހު އިންޓަ ސްކޫލް ލަވަ މުބާރާތް ބޭއްވުމަށް ނިންމާ އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސް ކޮމިއުނިޓީ، ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް އާޢި ޕަބްލިކް ސާވިސް މީޑިއާ އިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޖޫނިއާ އަދި ސީނިއާ ކެޓަގަރީއަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި 6 އުމުރުފުރާއަށް އޮންނާނެނެވެ. ޖޫނިއާ ގްރޫޕުގައި ހިމެނެނީ 6 އަހަރުން ދަށް، 9 އަހަރުން ދަށް އަދި 11 އަހަރުން ދަށުގެ އުމުރުފުރާއެވެ. ސީނިއާ ގްރޫޕުގައި ވާދަކުރާނީ 15 އަހަރުން ދަށް، 17 އަހަރުން ދަށް، އަދި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރު ޖޫންމަހުގެ 16 ވަނަ ދުވަހު ކަމަށެވެ. އަދި މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ހުރިހާ ސްކޫލަކަށް މިހާރު ފުރުސަތު ހުޅުވާލާފައި ވާކަމަށް އެޑިއެކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ