ހަނިމާދޫ ކައުންސިލާ ވަގަށް ގަސްތައް ބޭރު ކުރަނިކޮށް ހުއްޓުވައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ކައުންސިލާ ވަގަށް ހަނިމާދޫން ގަސް ބޭރުކުރާތީ ކައުންސިލުން ގޮސް ހުއްޓުވައިފިއެވެ.

މިކަމާގުޅޭ ގޮތުން ވާހަކަ ދައްކަމުން ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް ފިރާގް ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ޕްރޮޖެކެޓު ކުރިޔަށްދާއިރު އެތަނުން ނަގާ ގަސްތައް ކައުންސިލުން ދައްކާ ތަނެންގައި އިންދަން ޖެހޭކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“އީ އައިއޭ ބުނާގޮތުން ހަނިމާދޫ ކައުންސިލުން ބުނާ ތަނެންގައި އެގަސް އިންދަން ޖެހޭ.. އަދި ގަސް ބޭރު ކުރާއިރު ކައުންސިލުން ހުއްދަ ހޯދަންޖެހޭ”

އެހެން ނަމަވެސް އެމަސައްކަތް ކުރާ ކުންފުނިން މިއަދު ގަސްތައް ބޭރުކުރަން ބާޖަކަށް ލޯޑު ކުރަން ފެށި ހަބަރު ލިބުމުން ކައުންސިލަރުން އެސަރަހައްދަށް ގޮސް އެކަން ހުއްޓުވާފައި ވާކަމަށްވެސް ފިރާގް ވިދާޅުވިއެވެ. އަދި ފުރަތަމަ ކައުންސިލުން އެ ގަސްތައް އިންދަން އަންގާފައިވާ ތަންތަނުގައި އިންދުމަށްވެސް ކައުންސިލުން އެދިފައިވެއެވެ.

މިކަމާ ގުޅިގެން ހަނިމާދޫ އެއާޕޯޓްގެ ފަރާތުން ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ފޯނަށް ޖަވާބު ނުދިނުމުގެ ސަބަބުން ކާމިޔާބު ނުވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ