ޖަޕާނުގެ ދެ މަނަވަރު ރާއްޖޭގައި

ޚަބަރު ފަހުގެ

ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ މަނަވަރު “ޖޭއެސް އަވަޖި” އަދި “ޖޭއެސް އުރަގަ” މިއަދު ރާއްޖެއަށް އަތުވެއްޖެއެވެ.

ތިން ދުވަހުގެ މުއްދަތަށް މި ދެ މަނަވަރު ރާއްޖެއަށް ކުރާ މި ޒިޔާރަތަކީ ދެ ޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުން ކުރާ ރަޙްމަތްތެރިކަމުގެ ޒިޔާރަތެކެވެ. މި ޒިޔާރަތުގައި އެމްއެންޑީއެފްގެ ލީޑަރޝިޕާއެކު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ދެ މަނަވަރަށް މާލެ ބަނދަރުން މަރުޙަބާ ދެންނެވުމުގެގޮތުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް މުޙައްމަދު ރިޒްމީ ވަލީދުވަނީ މިދެ މަނަވަރަށް ޒިޔާރަތްކޮށް މަނަވަރުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސްޓާފް އޮފިސަރުންވެސް ވަނީ ބައިވެރިވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ