ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި

ފަހުގެ ސިޔާސީ

ޖުމުހޫރީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ފޯމް ހުށައަޅުއްވައިފިއެވެ.

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއި އިލްހާމް އަހްމަދު ވިދާޅުވީ މުއްދަތު ހަމަވިއިރު ރިޔާސީ ޕްރައިމަރީއަށް ފޯމު ހުށަހެޅުއްވީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަނި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ހަމަވީ މިއަދު 12 ޖެހިއިރުއެވެ. ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައި ޖޭޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރަން ހުޅުވާލާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެެވެ.

ރިޔާސީ ޕްރައިމަރީ އަށް ފޯމު ހުށަހަޅުއްވައި ގާސިމް އިބްރާހިމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މުއްދަތު ހަމަވިއިރު އެއްވެސް ބޭފުޅަކު ޝައުގުވެރިކަން ފާޅުކޮށް ޕްރައިމަރީއަށް ހުށަހަޅާފައި ނުވާތީ ކައުންސިލުން ފާސްކުރި ގަރާރާ އެއްގޮތަށް އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ކަމަށެވެ.

ގާސިމް މީގެ ކުރިން ވަނީ ޖޭޕީގެ ރިޔާސީ ކެމްޕޭން ހިންގުމުގެ އެންމެ އިސް ބޭފުޅަކަށް ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް އައްޔަންކުރަށްވާފައެވެ. އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެންމެންގެ އެއްބާރުލުމާ އެކުގައި ކަމަށް ވިދާޅުވެ ހުރިހާ މެމްބަރުންގެ އެހީތެރިކަމަށް ވެސް ގާސިމް ވަނީ އެެދިވަޑައިގެންފައެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ