ހަނިމާދޫގައި ބޭސްފިހާރައަކާއި ކެފޭއެއް 25 އަހަރު ދުވަހުގެ މުއްދަތަށް ހިންގާނެ ބަޔަކު ހޯދަނީ

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސިއްޙީ މަރުކަޒު ކުރިމަތީގައި ބޭސްފިހާރައަކާއި ކެފޭއެއް 25 އަހަރު ދުވަސްވަންދެން ހިންގާނެ ބަޔަކު ހޯދަން ހަނިމާދޫ ކައުންސިލުން ނިންމާ ޝައުގުވެރިވާ ފަރާތްތައް ހޯދަން އިއުލާން ކޮށްފިއެވެ.

ހަނިމާދޫ ކައުންސިލުން 31 މާރިޗު 2023 ވީ ހުކުރު ދުވަހު 14:11 ކުރި އިއުލާނުގައި ވަނީ “ހަނިމާދޫ ސިއްޙީ މަރުކަޒު ކުރިމަތީގައިވާ ވިޔަފާރިކުރުމަށް ޙާއްސަ ކުރެވިފައިވާ ބިންތައް މިކައުންސިލުން ބޭސްފިހާރަ އަދި ކެފޭގެ ޙިދުމަތް ދިނުމަށް 25 (ފަންސަވީސް) އަހަރަށް ކުއްޔަށް ދޭން ނިންމާފައިވާތީ އެކަން އަންގާ އިޢުލާން ކުރީމެވެ.” ފިފަދައިންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން ޝައުގުވެރިވާ ފަރާތްތަކުން 18 އޭޕްރީލް 2023 ވަނަ ދުވަހު 10:30 ގައި ހަނިމާދޫ ކައުންސިލުގެ ޖަލްސާކުރާ މާލަމުގައި އޮންނަ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ، 27 އެޕްރީލް 2023 ވަނަ ދުވަހު 10:30 އަން އަންދާސީ ހިސާބު ހުށައެޅުމަށް ވަނީ އެދިފައެވެ.

ހަނިމާދޫ ކައުންސިލުން ބުނީ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

އަދި ބުނީ މަޢުލޫމާތު ދިނުމުގެ ސެޝަންއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދޭނެ ކަމަށެވެ. ބީލަން ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 އަންދާސީ ހިސާބު ކަމަށްވެސް ހަނިމާދޫ ކައުންސިލުން ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ