ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރަށްވާ ރޫޓު ކަނޑައެޅުމަކީ ދިފާއީ ވަޒީރު ކުރާކަމެއްނޫން: މާރިޔާ

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް ދަތުރުކުރަށްވާ ރޫޓު ކަނޑައެޅުމަކީ ދިފާއީ ވަޒީރު ކުރަށްވާ ކަމެއްނޫން ކަމަށް ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް ދަތުރުކުރައްވާ ރޫޓު ކަނޑައެޅުމަކީ ދިފާޢީ ވަޒީރުގެ ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އިދިކޮޅު ޕީޕީއެމް،ޕީއެންސީން މިއަހަރުގެ މާރޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙުގެ މޮޓޯކޭޑަށް ވަނީ ހުރަސް އަޅާފައެވެ.

އެކަމާ ގުޅިގެން މިނިސްޓަރ މާރިޔާ މިއަދު ވިދާޅުވީ، މޮޓޯކޭޑާއި ގުޅިގެން ހިނގައިދިޔަ ކަންތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީން ދަނީ ބަލަމުން ކަމަށެވެ. އަދި އެއީ އެކަމަނާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ