ހުވަދު އަތޮޅުގައި ބޭނުންކުރާ އާރްޓީއެލްގެ ފުރަތަމަ ފެރީ އެމްޓީސީސީއާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރްޓީއެލް ފެރީގެ ދަތުރުތައް ހުވަދު އަތޮޅުގައި ފެށުމަށް ބޭނުންވާ ފުރަތަމަ ލޯންޗް ފެރީ ނިންމާ އެމްޓީސީސީން ހަވާލުކޮށްފިއެވެ. އެ ފެރީ ތިލަފުށީ ބޯޓްޔާޑުން މޫދަށްވަނީ ބާލާފައެވެ.

“އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް”ގައި ބޭނުންކުރާ ފެރީތައް ބަނުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދަނީ އަލްޝާލީ މެރިންއާ ހަވާލުކޮށްގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

އާރްޓީއެލް ފެރީގެ ދަތުރުތައް ހުވަދު އަތޮޅުގައި ފެށުމަށް ބޭނުންވާ ފުރަތަމަ ލޯންޗް ފެރީ ތިލަފުށީގައި ބޭލުމަށްފަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީންގެ މެރިން ޓްރާންސްޕޯޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރ އިސްމާއިލް ފާރިގް ވިދާޅުވީ މި ލޯންޗް ފެރީއަކީ އާރްޓީއެލް ފޭސް 1 ގައި ބޭނުން ކުރި ފެރީތައް ފަދައިން ކޮންޑިޝަން ރަނގަޅު ފެރީތަކެއް ކަމަށެވެ.

އަދި މިހާރު ބޭނުން ކުރާ ލޯންޗް ފެރީތަކަށް ވުރެ މިފެރީ ސައިޒުން ބޮޑުވެ ޖާގައިގެ ގޮތުން ތަނަވަސް ވާނެ ކަމަށް ފާރިގް ވިދާޅުވިއެވެ. ފާރިގް ވިދާޅުވީ ހުވަދުއަތޮޅުގައި މިޚިދުމަތް ފެށުމަށް އަންނަ ޖުލައި މަހާ ހަމައަށް 6 ލޯންޗު ނިންމާލެވޭނެ ކަމަށެވެ. އަދި ހުވަދު އަތޮޅަށް ފުރަތަމަ ފިޔަވަހީގެ ދަތުރުތައް ފަށާނީ ހަ ލޯންޗާއެކު ކަމަށް ފާރިގް ވިދާޅުވިއެވެ. އަދި ހުވަދު އަތޮޅާއެކު އައްޑު އާއި ފުވައްމުލައްވެސް އާރުޓީއެލް ފެރީގެ ޚިދުމަތުން ގުޅާލެވޭނެ ކަމަށް ފާރިގު ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ