އަންގާރަދުވަހު ގޮވާމުން ޒަކާތް ބަލައިގަންނަން ފަށާނެ

ޚަބަރު ފަހުގެ

އަންނަ އަންގާރަ ދުވަހުން ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައި ގަންނަން ފަށާނެ ކަމަށް އިސްލާމިކް މިިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީން ވިދާޅުވީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނާނެ ކަމަށާއި މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ގޮވާމުން ޒަކާތް ބަލައިގަންނަމުން ދާނެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.

މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މަޖީދިއްޔާ ސްކޫލްގެ ސަލާޙުއްދީން ހޯލުގައެވެ.

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތަކަކީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށެވެ.

ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސްފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް، މެންދުރުފަހު 13:00 އިން 15:15 އަށް އަދި ރޭގަނޑު 21:00 އިން 22:30 އަށެވެ.

ޒަކާތް ބަލައިގަތުން އިސްލާމީ މަރުކަޒުގެ ހޯލުންވެސް ކުރިއަށްގެންދާއިރު މި އިންތިޒާމު ހަމަޖެހިފައިވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށެވެ. ފައިސާއިން ޒަކާތް ދެއްކުން ކުރިއަށްދާނީ ރަމަޟާންމަހުގެ 27 ވަނަ ދުވަހާހަމައަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ