މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް ބަޔަކާ ޙަވާލުކޮށްފި

ޚަބަރު ފަހުގެ

ދ. މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް ބަޔަކާ ޙަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ޑީ.އެން.އެފް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މިކަމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރ ޢަބްދުލް ޙަންނާނު ޙުސައިނެވެ. ޑީ.އެން.އެފް އިންޖިނިއަރިންގގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް ޝަކީބު އަޙްމަދެވެ.

އިޝްތިހާރު
އިޝްތިހާރު

މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތައި، ލެބޯޓަރީ އަދި ޕޯރޓިކޯ ހެދުމުގެ މަސައްކަތް ކުރުން މި މަޝްރޫޢުގައި ހިމެނޭކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއެވެ.

މާއެނބޫދޫ ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ޑީ.އެން.އެފް އިންޖިނިއަރިންގއާ ޙަވާލުކޮށްފައިވަނީ 150 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަށް 4.7 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ