ފަތުރުވެރިއެއްގެ އަތުން 5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި

ޚަބަރު ފަހުގެ

އިތިއޯޕިއާއިން އިން ރާއްޖެ އައި ފަސިންޖަރެއްގެ ލަގެޖުން 5 ކިލޯއަށްވުރެ ގިނަ މަސްތުވާ ތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވީ، މި މަސްތުވާ ތަކެތި އަތުލައިގެންފައިވަނީ ވައިގެ މަގުން އިތިއޯޕިއާއިން ރާއްޖެ އައި އިންޑިއާގެ އުމުރުން 56 އަހަރުގެ އަންހެން ފަސިންޖަރެއްގެ އަތުންކަމަށެވެ. އަދި މި ތަކެތި އަތުލައިގަނެފައިވަނީ ވައިގެމަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްފާނެކަމަށް ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން، ކުރެވުނު މަސައްކަތުގައި މިމަހުގެ 12 ވަނަ ދުވަހުކަމަށް ވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާ ތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުޙަލާގައި ކަސްޓަމްސްއިން ތަޙުލީލުކުރިއިރު، އަތްދަބަހުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި ލަގެޖުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ވަނީ ޕޮޒިޓިވްވެފައެވެ.

މި ފަސިންޖަރުންގެ އަތްދަބަހާއި ފޮށީގައި ރައްކާކޮށްފައި ހުރި 1.180 ކިލޯ ކޮކެއިން އަދި 4.2 ކިލޯ ހެރޮއިން އާއެކު ޖުމްލަ 5.380 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާއިރު، މިތަކެތީގެ މަގުމަތީ އަގު 9 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށްޓަކައި، މި ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ ދިވެހި ފުލުހުންނާ ޙަވާލުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ