ބައެއް ފަރާތްތަކުގެ އަމަލުތައް ހުންނަ ގޮތުން، ޝެޑިއުލާ އެއްގޮތަށް ޚިދުމަތް ދިނުމަށް ދަތިވޭ: އެމްޓީސީސީ

ޚަބަރު ފަހުގެ

ބައެއް މީހުން ސީދާ ބަސް ދަތުރުތަކަށް ހުރަސްއަޅާ ކަމަށާއި، ޝެޑިއުލާ އެއްގޮތަށް ޚިދުމަތް ދިނުމަށް ވަރަށް ބޮޑަށް ދަތިވާކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތަކީ ދަރިވަރުން ސްކޫލަށް ދިއުމަށާއި، ވަޒީފާއަށް ދާ ފަރާތްތަށް ޑިއުޓީއަށް ދިއުމުގެ އިތުރުން، އެއަރޕޯޓް، ހޮސްޕިޓަލް އަދި ގްރޭޓަރ މާލޭގެ އަވަށްތަކުގެ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދަތުރުކުރުމަށް ރައްޔިތުން މިއަދު ވަރަށް ބޮޑަށް ބަރޯސާވާ ޚިދުމަތެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް ބައެއް ފަރާތްތަކުގެ އަމަލުތައް ހުންނަ ގޮތުން، ބަހުގެ ދަތުރުތައް ޝެޑިއުލާ އެއްގޮތަށް ކުރުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭކަން ފާހަގަކޮށް އެމްޓީސީސީން ބުނީ، ބައެއް މީހުން ސީދާ ބަސް ދަތުރުތަކަށް ހުރަސްއަޅަމުން ގެންދާކަމަށެވެ.

އެހެންކަމުން މިފަދަ ނޭދެވޭ އަމަލުތަކުން ދުރުވުމަށާއި، އަދި ބަސް ދަތުރުތަކަށް ދަތިނުވާނެހެން އަމަލުތައް ބެހެއްޓުމަށް އެމްޓީސީސީން ވަނީ އިލްތިމާސްކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ