އައިޖީއެމްއެޗްގެ އީޕޯޓަލް އަލުން ބޭނުންކުރަން ފަށައިފި

ޚަބަރު ފަހުގެ ޞިއްހަތު

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެއީޕޯޓަލްއަލުން ބޭނުންކުރަން ފަށައިފިއެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު އެ ޕޯޓަލް ބޭނުންކުރުން ހުއްޓާލުމަށްފަހު އެ ޕޯޓަލް އަލުން ބޭނުންކުރަން ފަށާފައިވަނީ އިއްޔެ އެވެ.

އިޝްތިހާރު
އިޝްތިހާރު

މި ޕޯޓަލް މެދުވެރިކޮށް އެމީހެއްގެ މެޑިކަލް ރެކޯޑު ބަލާލެވުމާއި، ލެބް ރިޕޯޓުތައް ބަލާލެވުމާއި، ބޭސް ސިޓީ ނެގިގެންދާނެ ކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ.

އައިޖީއެމްއެޗުން ބުނީ މިކަމުގެ ސަބަބުން ބަލިމީހުންނަށް ލުއިފަސޭހަކަން ލިބިގެންދާނެކަމަށް ގަބޫލުކުރާ ކަމަށެވެ.

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ޖެހުމަށްފަހު މި ޕޯޓަލްއަށް ލޮގިން ކޮށްލެވޭނެ ކަމަށް އައިޖީއެމްއެޗްއިން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ