ގދ. ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ގެސްޓްހައުސްގެ ވިޔަފާރިކުރުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނިން އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ފުރުސަތު ހުޅުވާލާފައި ވަނީ ދިވެހިންނަށް ކަމަށެވެ. އަދި ފަރެސްމާތޮޑާ އެއާޕޯޓްގައި ގެސްޓްހައުސް ހިންގުމަށް ޝައުގުވެރިވާ ކުންފުނިތަކުން އެކަމަށް އެދި މިމަހުގެ 26 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.
ފަރެސްމާތޮޑާ އެއާޕޯޓް ސަރަހައްދުގައި ގެސްޓްހައުސް އެޅުމަށް 18 ބިން ދޫކުރަން ހަމަޖެހިފައިވެއެވެ. އަދި ގެސްޓްހައުސް ހިންގުމަށް ދޫކުރުމަށް ނިންމާފައިވާ ބިމުގެ ބޮޑުމިނުގައި 10،000 އަކަފޫޓް ހުރެއެވެ.