އިތުރު ދެ މީހަކު ފައްސިވެ، ފައްސިވީ މީހުންގެ އަދަދު 38 އަށް- ހޯނޑެއްދޫ

ޚަބަރު ފަހުގެ

ގދ. ހޯނޑެއްދޫއިން އިތުރު ދެ މީހަކު ކޮވިޑް19 އަށް ފައްސިވެއްޖެއެވެ. އެއާއެކު އެރަށުން ކޮވިޑަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު ވަނީ 38 އަށް އަރާފައެވެ.

އެޗްއީއޯސީން ވަނީ އެރަށުން އިތުރު ދެމީހަކު މިއަދު ފައްސިވެފައިވާ ކަމަށް ބުނެފައެެވެ.

އިޝްތިހާރު
އިޝްތިހާރު

ހޯނޑެއްދޫ އިން އެންމެ ފުރަތަމަ ފައްސިވެފައިވަނީ ކަރަންޓީނުގައި ތިބި ދެ މީހުންނެވެ. ނަމަވެސް ރަށުން އިތުރު ދެ ކޭސް ފެނުމާއި ގުޅިގެން ދެން ނެގި ޓެސްޓު ތަކުން ވަނީ އިތުރު ބަޔަކު ފައްސިވެފައެވެ. އެގޮތުން ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ވަނީ 19 މީހަކު ފައްސިވެފައެވެ.

އެރަށު ކޭސްތަކާއި ގުޅިގެން ޑައިރެކްޓް ކޮންޓެކްޓުންގެ އަދަދު ގިނަ އިރު، ބަލީގެ އަލާމާތްތައް ހުރި 63 މީހަކު ފެނިފައިވާ ކަމަށް މީގެ ކުރިން އެޗްއީއޯސީ ބުނެފައިވެއެވެ.

ހޯޑެއްދޫއިން ގިނަ ބަޔަކު ފައްސިވީ ނަމަވެސް، އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް ފެތުރިފައިވާ ކަމަށް އެޗްއީއޯސީން ނުނިންމައެވެ. އަދި އެރަށުގައި ބަލި ފެތުރެން ދިމާވި ސަބަބު ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ