2015 ވަނަ އަހަރުން ފެށިގެން ހަނިމާދޫގައި ހަރަކާތް ތެރިވަމުންދާ ކެތިއަރާ ޖަމިއްޔާގެ 4 ވަނަ ދައުރުގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިހާބުކޮށްފިއެވެ.
މި އިންތިހާބުގެ އެންމެހަައި ކަންތައްތައް ކުރިއަށް ގެންގޮސްފައިވަނީ އެޖަމިއްޔާގެ ނިމިދިޔަ ދައުރުގެ ހިންގާ ކޮމިޓީން އައްޔަނު ކުރި 03 މީހުންގެ ކޮމިޓީ އަކުންނެވެ.
އިންތިހާބާ ބެހޭ ގޮތުން ގޮށްކޮޅަށް މައުލޫމާތު ހިއްސާކުރައްވަމުން ކެތިއަރާއިން ބުނީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 23 މެންބަރުންނަށްކަމަށާއި ވޯޓްލުމުގައި ބައިވެރި ވެފައިވަނީ 10 މެންބަރުންކަމަށެވެ.
ކެތިއަރާ ޖަމިއްޔާގެ 4 ވަނަ ދައުރުގެ ހިންގާ ކޮމިޓީ
- ރައީސް : އަލީ ނަދީމް، ދޭދަރުގެ
- ނައިބުރައީސް: އަބުދުﷲ އަލީ، މިނާއައްސޭރި
- ނައިބުރައީސް: އަލީ އިބުރާހިމް، ނޫރާނީގެ
- މިޑިއާ ކޯޑިނޭޓަރ: އަބޫބަކުރު އަބްދުލުން ކަރީމް، ތަމްކީނުގެ
- ޖެނަރަލް ސެކްރެޓަރީ: ހާރިސާ މުހައްމަދު، ކެނެރީވިލާ
- ހަޒާންދާރު: ފިރާޤް މުހައްމަދު، ވައިލެޓް ހައުސް