ހަނިމާދޫ ޑަބްލިޔު.ޑީ.ސީ އާއި ކައުންސިލްގެ އެހީތެރިކަމާއެކު ހަނިމާދޫ ސިއްހީ މަރުކަޒުގެ ވޯޑް އެއަރކޯންކޮށް ނިންމާލައިފިއެވެ.
ހަނިމާދޫ ކައުންސިލުން ބުނީ ޑަބްލިޔު.ޑީ.ސީ އާއި ކައުންސިލުން ހަރަދުކޮށް ހަނިމާދޫ ސިއްހީ މަރުކަޒުގެ ވޯޑާއި ވިއްސާއިން ތިބޭ ކޮޓަރި އެއަރކޯންކޮށް މިހާރު ނިންމާލައިފައިކަމަށެވެ.
“މި ކަން ކުރަން ހަރަދުކުރީ ޑަބްލިޔު.ޑީ.ސީ އާއި ކައުންސިލްގެ ބަޖެޓުން، ދެ އޭސީ ޑަބްލިޔު.ޑީ.ސީން ގެނައީ، ކައުންސިލް ބަޖެޓުން އެއް އޭސީ ގެނައީ”
މީގެ އިތުރުން، ޑަބްލިޔު.ޑީ.ސީން ހަދިޔާކުރި ޑިޖިޓަލް ނޯޓިސް ބޯޑާއި ފެންކޫލަރުވެސް ހަރުކޮށްފައިވާކަމަށް ހަނިމާދޫ ކައުންސިލުން މައުލޫމާތު ދިނެވެ. މި ކޫލަރުު ހަރުކުރުމުގެ މަސައްކަތް ކޮށްފައިވަނީ މަރުކަޒުގެ މުވައްޒަފުންނެވެ.
” އޭސީ ހަރުކުރުމަށް އެންމެ ފުރަތަމަ ކުރި ކަމަކީ އެތަނުގެ ވައިރު ބަދަލު ކުރުން، އެކަން ކުރީ މިސްކިތު މަސައްކަތު މުވައްޒަފުން”
ޖަނަރޭޓަރެއް ފަދައިން ހިނގަމުންދާ ޑޮކްޓަރު ރޫމުގެ އޭސީ ބަދަލު ކުރުމަށް އެދިފައި ވާނެކަމަށާ އެކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އަދި އިޖާބަނުދޭކަމަށްވެސް ކައުންސިލުން މައުލޫމަތު ދެއެވެ.
އަދި ލެބޯޓަރީގެ އޭސީއެއް ހަލާކުވެގެން އެންގީމައި ފޮނުވާފައި ވަނީ ބާ އޭސީއެއް ކަމަށްވެސް ކައުންސިލުން މައުލޫމަތުދެއެވެ. މިއީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ އާބަތުރަ ފިލުވާ މަރާމާތު ކުރާއިރު މަރުކަޒުތަކަށް ހައްގު މިންވަރުތޯ ގިނަ ރައްޔިތުން ސުވާލު އުފައްދައެވެ؟
އޭސީ ހަރުކުރުމާއެކު ހަނިމާދޫގެ ގިނަ ރައްޔިތުންގެ ޝަކުވާއަށް ލުއެއް ލިބުނު ނަމަވެސް މަރުކަޒުގެ ބެލެނިވެރި ފަރާތުން އެކަށީގެން ވާވަރަށް ކަންކަމާ އަޅައިނުލާތީ ގިނަ ރައްޔިތުން ޝަކުވާ ކުރެއެވެ.
ހަނިމާދޫ ކައުންސިލުންވަނީ ދާދި މިދާކަށް ދުވަހު ހަނިމާދޫ ސިއްހީ މަރުކަޒަށް ޕުރިންޓަރެއްވެސް ހަދިޔާކޮށްފައެވެ. އެއީ އެތަނުގައި ހުރި ޕްރިންޓަރު ހަލާކުވެ ހިދުމަތަށް ބުރޫ އަރާތީ ރައްޔިތުންގެ ޝަކުވާ ބޮޑު ވުމާގުޅިގެންނެވެ.
އެޑިޓޯރިއަލް ނޯޓް: މި ލިޔުމަކީ ހަނިމާދޫ ކައުންސިލުގެ އެސްޖީ މުހައްމަދު އާސިފް އާއި ނައިބު ރައީސް ފިރާގް މުހައްމަދު އަދި މެންބަރު އަލީ އިބުރާހިމް ގޮށްކޮޅަށް ހިއްސާކޮށްފައިވާ މައުލޫމަތުގެ އަލީގައި ލިޔެފައިވާ ލިޔުމެކެވެ.