ކުމުންދޫ ބަނދަރު ތަރައްގީކުރަން 71 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް

ޚަބަރު ފަހުގެ

ހދ. ކުމުންދޫ ބަނދަރު ތަރައްގީ ކުރަން 71 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި، އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ.

އިޝްތިހާރު
އިޝްތިހާރު

Advertisement

މި އެއްބަސްވުމުގެ ދަށުން، ރަށުގެ އިރުމަތީ ފަރާތުގައި މިހާރު ހުރި 154 މީޓަރު ވާޓަރު މަރާމާތުކުރުމާއި 154 މީޓަރު ޕޭވްމަންޓް މަރާމާތުކުރުމާއި ކޮޅުވެއްޓި ބޭނުންކުރުމަށް ރޭމްޕެއް ގާއިމުކުރުމާއި 100 ފޫޓު ޓީޖެޓީއެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ.

އަދި ރަށުގެ އުތުރު ފަރާތަށް 700 ފޫޓަށް ވާޓަރު އިތުރުކޮށް ބަނދަރު ބޮޑުކުރުމާއި 290 މީޓަރު ބޮޑުހިލަ ބޭރުތޮށިލުމާއި 40 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި 60 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި ބަނދަރު މަގު ބައްތި ހަރުކުމާއި 120 މީޓަރު ކޮންކްރީޓް ޖެޓީ ގާއިމްކުރުމުގެ މަސައްކަތް ކުރާނެއެވެ.

ކުމުންދޫ ބަނދަރު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 570 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ