ސީރިޔާ އަދި ފަލަސްޠީނު ކުޑަ ކުދިނަށް ޢީދު ހެދުން ހަދިޔާކުރުމުގެ ފުރުސަތު އައިއޭސީ މޯލްޑިވްސްއިން ހުޅުވާލައިފި

ޚަބަރު ފަހުގެ

ސީރިޔާ އަދި ފަލަސްޠީނު ކުޑަ ކުދިނަށް ޢީދު ހެދުން ހަދިޔާކުރުމުގެ ފުރުސަތު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މޯލްޑިވްސް (އައިއޭސީ) ހުޅުވާލައިފިއެވެ.

Advertisement

އައިއޭސީން ބުނީ ޢީދު އުފަލުގައި ސީރިޔާ އަދި ފަލަސްޠީނު ކުޑަ ކުދިން ބައިވެރި ކުރުމުގެ މަގުސަދުގައި ހުޅުވާލި މި ފުރުސަތުގައި ކުއްޖަކަށް ހޭދަވަނީ 500 ރުފިޔާކަމަށެވެ. އެއީ ކޮންމެ ކުއްޖަކަށް ތިރިއަކާއި މައްޗެއް ގަނުމަށް ބޭނުވާ ފައިސާކަމަށްވެސް އައިއޭސީން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ހެދުން ހަދިޔާ ކުރުމުގެ ފުރުސަތު މިބުރާސްފަތި ދުވަހުގެ 18:00 ހަމައަށް އޮންނާނެކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މޯލްޑިވްސްއިން (އައިއޭސީ) މައުލޫމާތުދެއެވެ.

ހެދުން ހަދިޔާ ކުރުމަށް 500 ރުފިޔާ ހޭދަވި ކަމުގައި ވީނަމަވެސް އެމީހަކަށް ފޯރުކޮދެވޭ އަދަދެއްގެ ފައިސާ ފޮނުވުމުގެ ފުރުސަތުވެސް އެބައޮތެވެ.

ހެދުން ހަދިޔާކުރުމަށް ޝައުގުވެރިވާ ފަރާތަތްކުން ފައިސާ ޖަމާކުރާނީ 7770000062740 އެކައުންޓަށް ކަމަށްވެސް އައިއޭސީން މައުލޫމާތު ދެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މޯލްޑިވްސް (އައިއޭސީ) އަކީ ދެނިޔޭގެ އެކި ކަންކޮޅު ތަކުގައި ބޭނުން ޖެހިފައިވާ މުސްލިމު އަހުންނާއި އުހުތުންނަށް ދިވެހި ރައްޔިތުންގެ ދީލަތި އެހީ ފޯރުކޮދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ޖަމާއަތެކެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މޯލްޑިވްސް (އައިއޭސީ) އިންވަނީ ދިވެހި ރައްޔިތުންގެ އެހީތެރި ކަމާއެކު މި ރޯދަމަހުވެސް ސީރިޔާ، ފަލަސްޠީނު މިއަންމާރ، ސްރީލަންކާ އަދި ޔަމަންއަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރު ކޮށްދީފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ