ހަނިމާދޫ 2500 އަކަފޫޓުގެ 200 ބަންޑާރަ ގޯތި އަނެއްކާވެސް ދޫކުރަން ހަނިމާދޫ ކައުންސިލުން ނިންމަވައިފިއެވެ.
މިނިންމުން ނިންމީ އެކައުންސިލްގެ 88 ވަނަ އާންމު ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
މިއަދު ޖަލުސާގެ 4 ވަނަ ކަމެއްގެ ގޮތުގައި ނައިބު ރައީސް ފިރާގު ހުށައަޅާފައިވަނީ ލޭންޑް ޔޫސް ޕްލޭނުގައި ހަނިމާދޫން ގެވަޅު ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން ދޫކުރެވެން ހުރި މިންވަރަށް ގެވަޅު ދޫކުރުމާ ބެހޭގޮތުން ގޮތެއް ނިންމުމަށެވެ. މިގޮތުން ހަނިމާދޫން ގެވަޅު ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކާ ރިޒާވް ބިންތަކުން 2500 އަކަފޫޓުގެ 200 ގޯތި ދޫކުރުމަށް ފިރާގު ހުށަހެޅިއެވެ.
މި ހުށަހެޅުމަށް ވޯޓަށް އެހުމުން ޖަލުސާގައި ބައިވެރިވި 4 މެންބަރުންގެ ތެރެއިން 3 މެންބަރުންގެ ތާއީދާއެކު އެ ހުށަހެޅުން ވަނީ ފާސްވެފައެވެ. ޖަލުސާގައި ބައިވެރިވީ ރައީސް ސައްތާރު، ނައިބު ރައީސް ފިރާގް، މެންބަރު ހާރިޘާ އަދި އަލީ އިބުރާހިމެވެ. މިބައްދަލުވުމުގައި މެންބަރު ނާޒިޔާ ހަސަން ބައިވެރިވެނުވެއެވެ.
ރައިސް އަށް ޖަލުސާގައި ވޯޓެއް ނުދެވޭނެއެވެ.
ހަނިމާދޫން މީހުން ދިރިއުޅުމަށް ގެވަޅު ދޫނުކުރާތާ ބާރަ އަހަރަށް ފަހު، މި އަހަރުގެ ޖަނަވަރީ މަސް ތެރޭގައި ވަނީ ހަނިމާދޫން 3000 އަކަފޫޓުގެ 200 ގެވަޅު ދޫކޮށްފައެވެ.