ހަނިމާދޫން ޖެނުވަރީ މަހު ހަވާލުކުރި 200 ގޯތި އަލިނުކުރާ ފަރާތްތަކުގެ ރަޖިސްޓަރީ ބާތިލް ކުރަނީ؟

ހަނިމާދޫ ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ހަނިމާދޫން ޖެނުވަރީ މަހު ހަވާލުކުރި 200 ގޯތި އަލިނުކުރާ ފަރާތްތަކުގެ ރަޖިސްޓަރީ ބާތިލް ކުރާނެކަމުގެ އިންޒާރު ހަނިމާދޫ ކައުންސިލުން މިއަދު ދީފިއެވެ.

Advertisement

ހަނިމާދޫ ކައުންސިލުން ބުނީ ހަނިމާދޫން ދޫކޮށްފައިވާ 3000 އަކަފޫޓުގެ 200 ބަންޑާރަ ގޯތި 30 ޖޫން 2023 ގެ ނިޔަލަށް ގޯތީގެ ކަންމުޑި ޖަހާ މަގުތައް އެނގޭގޮތަށް ކޮންމެ ގެވަޅަކަށްވާ މަގެއްގެ ދެބައިކުޅަ އެއްބަޔާއި ބަންޑާރަގޯތި ސާފުކޮށް ނިންމަން ވާނެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެގޮތަށް ސާފުނުކުރާ ފަރާތްތަކުގެ ވަގުތީ ރަޖިސްޓަރީ ބާތިލް ކުރުމުގެ އިޙްތިޔާރު އެ ކައުންސިލަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުތުން ހަނިމާދޫ ކައުންސިލުން ބުނީ ގެވަޅު ބްލޮކްތަކާއި މަގުތައް އަލިކުރަމުންދާ މިންވަރަކުން އެ ބްލޮކެއްގައި ހިމެނޭ ގޯތިތަކުގެ ދާއިމީ ރަޖިސްޓަރީ ހައްދައިދޭނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ