ގޮވާމުގެ ބާވަތްތަކުން މިއަދު ފިޠުރު ޒަކާތް ބަހަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ގޮވާމުގެ ބާވަތްތަކުން ޒަކާތް ބެހުން މިއަދު މެންދުރު 13:00 ގައި ފަށާފައިވާ ކަމަށެވެ.
އެގޮތުން، ގޮވާމުގެ ބާވަތްތަކުން މާލެ ސިޓީގައި ފިޠުރުޒަކާތް ބެހުން ކުރިއަށްދާނީ މިއަދާއި މާދަމާ މަޖީދިއްޔާ ސްކޫލުގެ “ޞަލާހުއްދީން ހޯލް”ގައެވެ. މިތަކެތި ބެހުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީގެ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
އެ މިނިސްޓްރީން އިތުރަށް ބުނީ، ޒަކާތާއި ޞަދަގާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުގެ ޖުމްލަ 7378.7 ކިލޯ ލިބިފައިވާ ކަމަށާއި އަދި، އެއީ ގޮވާމުން ޒަކާތްދެއްކި 6535.2 ކިލޯއާއި ޞަދަގާތުގެ ގޮތުގައި ދެއްކި 843.5 ކިލޯ ކަމަށެވެ.
ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ:
- 19 އެޕްރިލް 2023 (ބުދަ)
13:00-15:15އަށް، 16:00- 17:30އަށް، 21:00- 22:30އަށް. - 20 އެޕްރިލް 2023 (ބުރާސްފަތި) 10:00-17:30އަށް އަދި 20:00- 22:00އަށް.