ފޭދޫ ފެރީހަޓްގެ މަސައްކަތް ނިންމާލައިފި

ޚަބަރު ފަހުގެ

ށ. ފޭދޫގައި ޤާއިމްކުރާ ފެރީސްޓޮޕްގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

މި ފެރީ ސްޓޮޕަކީ “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫޢުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1ގެ ދަށުން ގާއިމްކުރެވޭ ފެރީ ސްޓޮޕެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި މި ފެރީ ސްޓޮޕްގައި ކިއޮސްކްއަކާއި، ވެއިޓިންގ އޭރިއާއެއްގެ އިތުރުން ފާހަނާވެސް ހުންނާނެ ކަމަށެވެ.

މި މަޝްރޫޢުގެ ފޭސް 1 ގެ ދަށުން، ހއ. ހދ. އަދި ށ. އަތޮޅުގެ މީހުން ދިރިއުޅޭ 41 ރަށަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ހައި ސްޕީޑް ފެރީގެ ޚިދުމަތް ދޭން ފަށާފައެވެ. އަދި ޅ.އަތޮޅުގައިވެސް އާރްޓީއެލް ފެރީގެ ޚިދުމަތްވަނީ ފަށާފައެވެ.

އަންނަ އަހަރުގެ ނިޔަލަށް މުޅި ރާއްޖެ އާރިޓީއެލް ފެރީ ނިޒާމުން ގުޅުވާލުމަކީ ސަރުކާރުގެ އަމާޒެކެވެ. އާރް.ޓީ.އެލް ސްޕީޑް ފެރީގެ ޚިދުމަތް ކުރިއަށް ގެންދަނީ 6 ޒޯނަކަށް ބަހާލައިގެންނެވެ. މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާވެގެންދާއިރު، ޒަމާނީ ފެރީގެ ޚިދުމަތް ދޭ 82 އުޅަނދެއް އޮންނާނެކަމަށްވެސް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. އަދި 188 ފެރީ ޓާރމިނަލް ހުންނާނެކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ