ހަނިމާދޫގައި މިއަހަރުގެ ފިތުރު ޢީދު ނަމާދު ކުރާނީ މައިދާނުގައި ބޮޑު ޖަމާޢަތުގައި ކަމަށް ހަނިމާދޫ ކައުންސިލުން ހާމަކޮށްފިއެވެ.
ހަނިމާދޫ ކައުންސިލުން މިއަދު ބުނީ މި އަހަރުގެ ފިތުރު ޢީދު ނަމާދުކުރާނީ މައިދާނުގައި ބޮޑު ޖަމާޢަތުގައި ހަނިމާދޫ ބަނދަރު ފެރީ ޓާމިނަލާއި ޓީޖެޓީ ދެމެދުގައިވާ ހުސްބިމުގައި ކަމަށެވެ.
އަދި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަން ނުދޭނަމަ ޢީދު ނަމާދު ކުރުން އޮންނާނީ ހަނިމާދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކުގައި ކަމަށްވެސް ހަނިމާދޫ ކައުންސިލުން މަޢުލޫމާތުދެއެވެ.
ޢީދު ނަމާދަށް ދާއިރު ގެއިން ވުޟޫކޮށްގެން ދިއުމަށާއި އަމިއްލަ މުސައްލައަކާއި އަމިއްލަ ފެންފުޅިއެއް ގެންދިއުމަށް އެދެވިގެންވެއެވެ.