ކެތިއަރާ މަސްރޭސް 2023: އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން މާކުން ދައިތައަށް

ހަނިމާދޫ ޚަބަރު ފަހުގެ

11 ޓީމާ ވާދަކޮށް “ކެތިއަރާ މަސްރޭސް 2023” ގެ އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން މާކުން ދައިތަ އިން ހޯދައިފިއެވެ.

އިއްޔެ ބޭއްވި އަންހެން ކެޓަގަރީ މަސްރޭސް ޝަރަފްވެރި ކޮށްދެއްވާފައި ވަނީ “ޒުވާން މަސްވެރިޔާ” މަޝްހޫރު ހަސަން ސާޖިންއެވެ.

އިޝްތިހާރު
އިޝްތިހާރު

މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ ޓީމް ސިރާނީ، ހުސްއަނގަ، ކެޔޮޅު، މާކުން ދައިތަ، ބްލޫފިން، ޓީމް އާވެސްކޮމް، ޓީމް ގާހަކަ، މާރެހި، އެންވަށި، ބްރެންޒިނޯ، އަދި ގާދޮށު މަރިޔައެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން 66 ކިލޯ މަސް ބާނައިގެން މާކުން ދައިތަ ހޯދިއިރު، ދެވަނަ ހޯދާފައި ވަނީ 48.2 ކިލޯ މަސް ބޭނި ޓީމް ސިރާނީއެވެ. ތިންވަނަ ހޯދާފައި ވަނީ ބްރެންޒިނޯއެވެ. އެ ޓީމުން ވަނީ 40 ކިލޯ މަސް ބާނާފައެވެ.

ވަނަ ވަނައަށް ވަނީ މުބާރަތު ސްޕޮންސަރުގެ ފަރާތުން ތަފާތު އިނާމުތަކެއް ހަދިޔާކޮށްފައެވެ. އެގޮތުން އެއްވަނަ ހޯދި މާކުން ދައިތަށް 7000 ރުފިޔާ ދިންއިރު ދެވަނަ ހޯދި ޓީމް ސިރާނީއަށް 3000 ރުފިޔާ ދިންއިރު ބްރެންޒިނޯ އަށްވަނީ 1000 ރުފިޔާ ދީފައެވެ. އަދި މާކެޔޮޅަށް ވެސް ވަނީ 1000 ރުފިޔާ ދީފައެވެ.

މުބާރާތުގެ އެންމެ ގިނަ މަސް ބޭނި ޓީމަށް ހޮވިފައި ވަނީ މާކުން ދައިތައެވެ. އެ ޓީމުން ވަނީ 17 މަސް ބާނާފައެވެ. އެންމެ ބަރު މަސް ބާނައިގެން އަންހެން މާ ކެޔޮޅަށް ހޮވިފައި ވަނީ އާވެސްކޮމްގެ ނާޒްލީންއެވެ. އޭނާ ބާނާފައިވާ މަހުގެ ބަރުދަނަކީ 9 ކިލޯއެވެ.

ކެތިއަރާ 7 ވަނަ މަސްރޭހުގެ އެއްވަނަ ހޯދީ ގާދަށު މަރިޔައެވެ. މިއީ ކެތިއަރާއިން މަސްރޭސް ބައްވާ 8 ވަނަ ފަހަރެވެ. ކެތިއަރާ ޖަމިއްޔާއަކީ 2015 ވަނަ އަހަރުން ފެށިގެން ހަނިމާދޫގައި ހަރަކާތްތެރި ވަމުންދާ ޖަމިއްޔާއެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ