ހުޅުމާލެ ފަޅުތެރޭ އަޅައިފައިވާ ބައެއް އުޅަނދުތައް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

ޚަބަރު ފަހުގެ

ހުޅުމާލެ ފަޅުތެރޭގައި އަޅާފައިވާ ބައެއް އުޅަނދުތައް އޮޔާދާތީ ސަމާލުވުމަށް އާބަންކޯ އިން އިލްތިމާސްކޮށްފި އެވެ.

އާބަންކޯ އިން މިއަދު ބުނީ ހުޅުމާލެ ފަޅުތެރޭގައި އަޅާފައިވާ ބައެއް އުޅަނދުތައް އޮޔާދާތީ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި އުޅަނދުތަކެއް އޮޔާދާތީ ހުޅުމާލޭ ފަޅުތެރޭގައި މެރިން ޕޮލިސް މިހާރު ހަރަކާތްތެރިވަމުން ގެންދާ ކަމަށްވެސް އާބަންކޯ އިން ބުނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ހުޅުމާލެ ފަޅަކީ ރާއްޖޭގެ ގިނަ އަަދަދެއްގެ ސަފާރީ އުޅަނދު ފަހަރު އަޅާފައި އޮންނަ ފަޅެކެވެ. އެ ފަޅުތެރޭގައި ބައެއް އުޅަނދުތައް އޮޔާދާތީ ބޯޓިން އެސޯސިއޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ސަފާރީތަކުގެ އިތުރުން، ހުޅުމާލޭ ފަޅަކީ ކަންނެލި އޮޑިފަހަރާއި، އަދި އެހެނިހެން ސިނާއަތްތަކުގައި ވެސް ބޭނުންކުރާ އެކި އުޅަނދުފަހަރު އެޅުމަށް ބޭނުންކުރާ ފަޅެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ