އިންތިޚާބަކާ ނުލައި ތިން ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް މެންބަރުން ހޮވިއްޖެ

ޚަބަރު ފަހުގެ

އަންނަ ޖޫން މަހު ބާއްވަން ތާވަލުކޮށްފައިވާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ކުރިން އިންތިޚާބަކާ ނުލައި ތިން ރަށެއްގެ ކޮމިޓީއަށް މެންބަރުން ހޮވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން ބުނެފައިވާ ގޮތުގައި އިންތިޚާބަކާ ނުލައި ހޮވިފައިވަނީ ށ. މާއުނގޫދޫ އާއި ރ. މީދޫ އާއި ގދ. ވާދޫގެ ކޮމިޓީގައި ހުސްވެފައިވާ ގޮނޑިތަކަށް ކުރިމަތިލި މެންބަރުންނެވެ. މި ހުރިހާ މެންބަރުން ވެސް ހޮވުނީ އީސީން ފުރުސަތު ހުޅުވާލި މުއްދަތުގައި އެ ފަރާތްތަކުން އެކަނި ކުރިމަތިލެއްވުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން، މާއުނގޫދޫގެ އަންހެނުންގެ ކޮމިޓީގެ މެންބަރަކަށް ޕީޕީއެމްގެ ކެންޑިޑޭޓް އާއިޝަތު ހަނީފާ ހޮވިފައިވާއިރު މީދޫ ގޮނޑިއަށް ޕީޕީއެމްގެ ކެންޑިޑޭޓް ވަސީމާ އިބްރާހިމް އަދި ވާދޫ ގޮނޑިއަށް ހޮވިފައިވަނީ އަމިއްލަގޮތުން ކުރިމަތިލެއްވި ލިއުޝާ އިބްރާހިމްއެވެ.

ގާނޫނަށް ގެނައި އިސްލާހާއެކު މިހާރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ބާއްވަނީ އަހަރަކު އެއްފަހަރުއެވެ. މިގޮތަށް ގާނޫނަށް އިސްލާހު ގެނައީ ކޮމިޓީތަކުން އިސްތިއުފާ ދޭ މެންބަރުންގެ އަދަދު އިތުރުވެ، ބައި އިލެކްޝަންތައް މާގިނައިން ބާއްވަން ޖެހޭތީއެވެ.

އެގޮތުން، ފާއިތުވެދިޔަ ދެއަހަރު ތެރޭގައި ބޭއްވުނު އިންތިޚާބުތަކަށް 3.7 މިލިޔަން ރުފިޔާ ޚަރަދު ވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ހާމަކޮށްފައިވެއެވެ.

ޤާނޫނަށް ގެނައި އިސްލާހާއެކު މިއަހަރުގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވަނީ 17 ޖޫން ގައެވެ. އެއީ ހދ. ފިނޭ އާއި ކ. ދިއްފުއްޓާއި މ. ވޭވަށާއި ތ. ގާދިއްފުއްޓާއި ލ. މާމެންދޫ އާއި ގދ. ހޯނޑެއްދޫގެ ބައި އިލެކްޝަނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ