އާބަންކޯގެ ވޮލީބޯޅަ ކޭމްޕް މިފަހަރު މުލަކުގައި

ކުޅިވަރު ފަހުގެ

“ބިއޯންޑް ހުޅުމާލެ އާބަންކޯ ވޮލީބޯލް ކޭމްޕް 2023” ނަމުގައި މ. މުލަކުގައި ވޯލީ ބޯޅަ ކޭމްޕެއް އާބަންކޯއިން ފަށައިފިއެވެ.

މުލަކުގައި ފެށި މި ކޭމްޕަކީ އާބަންކޯގެ ފަރާތުން ބިއޯންޑް ހުޅުމާލެ ޝިއާރުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމަށް ކުރިއަށް ގެންދާ ކޭމްޕެކެވެ.

އިޝްތިހާރު
އިޝްތިހާރު

މި ކޭމްޕަކީ، މުލަކުގެ ދެޖިންސް ކުދިންނަށް އަމާޒުކޮށްގެން ވޮލީ ބޯލް ބޭސިކް ސްކިލްސްގެ އިތުރުން އެޑްވާންސް ސްކިލްސް ދަސްކޮށްދިނުމާއި ކުދިންގެ މެދުގައި ވޮލީއަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި ހިންގޭ ކޭމްޕެއް ކަމަށް އާބަންކޯއިން ބުނެއެވެ. އަދި އެކުންފުނިން ކޮންމެ އަހަރަކުވެސް ބާއްވާ މި ކޭމްޕް ހުޅުމާލެއިން ބޭރުގައި ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.

މިމަހުގެ 22 ވަނަ ދުވަހު ކޭމްޕް ފަށާފައިވާއިރު މި ކޭމްޕް އެއް ހަފްތާގެ މުއްދަތަށް ކުރިއަށް ދާނެއެވެ. އަދި ކޭމްޕުގައި ގްރޭޑް 7 އާއި 9 ދެމެދުގެ 50 ކުދިން ބައިވެރިވެއެވެ. މިއީ މ. މުލަކުގައި ހިންގާ ކޮމިއުނިޓީ އެމްޕަވަރމެންޓް ލިންކޭޖް އެންޖީއޯ އާއި، މުލަކު ސްކޫލް އަދި ކައުންސިލާ ގުޅިގެން ކުރިއަށްގެންދެވޭ ހަރަކާތެއް ކަމަށް އާބަންކޯއިން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ