ވެމްކޯގެ ބިންލައިނަރގެ އަގުތައް އާންމުކޮށްފި

ޚަބަރު ފަހުގެ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބިންލައިނަރ (ކުނި އަޅާ ބޮޑު ކޮތަޅު) ވިއްކާ އަގުތައް އާންމުކޮށްފިއެވެ.

އެގޮތުން ކުނި މެނޭޖްކުރުމަށް ބޭނުންކުރާ 3 ސައިޒެއްގެ ކޮތަޅު، ކަޅު ކުލައާއި ފެހި ކުލައިން، 27 އެޕްރީލް އިން ފެެށިގެން ވެމްކޯ އިން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ލާޖް، ޑަބަލް އެކްސް ލާޖް، އަދި ޓްރިޕަލް އެކްސް ލާޖްއެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ ތެރެއިން ލާޖް ސައިޒް ގެ 100 ކޮތަޅުގެ ބޮނޑިއެއްގެ އަގަކީ 35ރ އެވެ. ޑަބަލް އެކްސް ލާޖް ސައިޒްގެ 100 ކޮތަޅުގެ ބޮނޑިއެއްގެ އަގަކީ 165ރ އެވެ. ޓްރިޕަލް އެކްސް ލާޖް ގެ 50 ކޮތަޅުގެ ބޮނޑިއެއްގެ އަގަކީވެސް 165ރ އެވެ.

ވެމްކޯއިން ބިންލައިނަރ ނުވަތަ ކުނި އެޅުމަށް ޚާއްސަ ކޮތަޅު ވިއްކަން ނިންމީ ކަސްޓަމަރުންނަށް ފަސޭހަ ކަމާއި އެކު ކުނި އުކުމަށް ކޮތަޅު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ.

މިއާއިއެކު ކުނި އުކާލުމުގައި ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވާ ޒާތުގެ ކުނި ފެހި ކޮތަޅުގައި ބަންދު ކުރުމަށާއި، އަދި އެހެނިހެން ކުނި ކަޅު ކޮތަޅުގައި ބަންދުކުރުމަށް ވެމްކޯއިން ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ