މެދުނުކެނޑި ހިދުމަތް ދޭން ސްޓެލްކޯގެ ހާއްސަ ޓީމެއް ނަގައިފި

ޚަބަރު ފަހުގެ

މި ދުވަސްވަރު ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ޚާއްސަ ޓީމެއް އެކުލަވާލައިފިއެވެ.

ސްޓެލްކޯއިން ބުނީ ހޫނު މޫސުމާ ގުޅިގެން ރެކޯޑް އަދަދަކަށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ، އެކުންފުނިން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް މެދުނުކެނޑި ފޯރުވައިދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށް، ހަރުދަނާ ކުރުމަށްޓަކައި ޚާއްސަ ޓީމެއް އެކުލަވާލައި ޓީމުގެ މަސައްކަތްތައް ފަށާފައިވާކަމަށެވެ

އިޝްތިހާރު
އިޝްތިހާރު

މިއީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފުގެ ބެއްލެވުމުގެ ދަށުން އެކުލަވާލާފައިވާ ޚާއްސަ ޓީމެއް ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މި ދުވަސްވަރު ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ލޯޑު ވަނީ ވަރަށް ބޮޑުވެފައެވެ. އެހެންކަމުން ކޮންމެހެން ބޭނުންކުރަންޖެހޭ މިންވަރަށްވުރެ އިތުރަށް ކަރަންޓު ބޭނުން ނުކުރުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ