ޓީޗިން ކޯސްތައް އޮންލައިންކޮށް ހިންގޭ ގޮތަށް ނެރުނު އަމުރު އިސްތިއުނާފް ކުރަނީ

ޚަބަރު ފަހުގެ

“އީ-ލާނިން ގައިޑްލައިން” އަށް އަމަލުކުރުން ފަސްކުރުމަށް ހައި ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން އެމްކިއުއޭ އިން ނިންމައިފިއެވެ.

ހައިކޯޓުގެ އަމުރާ ގުޅިގެން އެމްކިއުއޭ އިން ބުނީ، މަންދުގެ ވާޗުއަލް ކެމްޕަސްއާ ގުޅޭގޮތުން ފޮނުވި ސިޓީ ފަހުން ބާތިލް ކޮށްފައިވާ ކަމަށެވެ. އެހެންވެ، ކުރިން ފޮނުވި ސިޓީ ސައްހަ ނުވާނެތީ، އެމްކިއުއޭއިން ވަނީ އެ މައްސަލަ އިސްތިއުނާފުކުރަން ނިންމައިފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން އެ ގައިޑްލައިން ހަދާފައިވަނީ ގާނޫނުއަސާސީން، ގަވައިދު ހެދުމަށް ދައުލަތުގެ އިދާރާތަކަށް ދީފައިވާ ބާރުގެ ބޭރުން، މާލޭ ހައި ކުންފުނީގެ ގާނޫނީ ހައްގުތަކާއި ރައްކާތެރިކަން ނިގުޅައިގަންނަ ގޮތަށް ކަމަށެވެ.

ވަގުތީ އަމުރު ނެރުނީ އޮގަސްޓް، 2022 ގައި ނެރުނު މި ގައިޑްލައިން ބާތިލް ކޮށްދިނުމަށް އެދި، މަންދު ކޮލެޖު ހިންގާ ކުންފުނިން ހުށަހެޅި މައްސަލައިގަ އެވެ.

މި ދައުވާގައި ވަކި ގޮތެއް ކަނޑައަޅަންދެން ނެރުނު ވަގުތީ އަމުރުގައި މަންދު ކޮލެޖްގެ ވާޗުއަލް ކެމްޕަސްގައި ދަރިވަރުން އެންރޯލްކޮށް ކިޔަވައިދިނުމަށް ހުރަސް ނޭޅުމަށާއި އެ ކޯސްތައް ހިންގުމަށް ކުރިން ދީފައިވާ އެއްވެސް ހުއްދައެއް ބާތިލް ނުވެ ދެމިއޮތް ކަމަށް ބެލުމަށާއި މަންދުގެ ވާޗުއަލް ކެމްޕަސްގައި ބައިވެރިވާ ދަރިވަރުންނަށް އެކަމާ ގުޅޭ ހުއްދަތައް ދެމުން ގެންދިއުމަށް އަމުރުކޮށްފައިވެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ