މީމު އެއާޕޯޓް: ރަންވޭގެ އޭބީސީ މަސައްކަތް ފަށައިފި

ޚަބަރު ފަހުގެ

މ. އަތޮޅުގައި އަޅާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ރަންވޭގެ އޭބީސީ މަސައްކަތްތައް ފަށާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އަދި އަލިފާން ނިއްވާ އިމާރާތުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީއިން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

މީމު އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 28ގަ އެވެ. އެއީ 221 މިލިއަން ރުފިޔާ އަށެވެ.

މި އެއާޕޯޓު ހެދުމަށް 14 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މި އެއާޕޯޓުގައި 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއްގެ އިތުރުން ޓެކްސީވޭއަކާއި އޭޕްރަނެއް ހަދާ ގޮތަށް ވަނީ ނިންމައިފައެވެ. އަދި 1،812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ