މުދަލު ޒަކާތުގެ ނިޞާބަކީ 7،312.55 ކަމަށް ކަނޑައަޅުއްވައިފި

ޚަބަރު ފަހުގެ


ރާއްޖޭގައި ފައިސާއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބަކީ 7،312.55 ( ހަތްހާސް ތިންސަތޭކަ ބާރަ ރުފިޔާ ފަންސާސް ފަސް ލާރި) ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅުއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެޕްރީލްމަހުގެ 30 ވަނަ ދުވަހުން ފެށިގެން ފައިސާއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ 7،312.55 ( ހަތްހާސް ތިންސަތޭކަ ބާރަ ރުފިޔާ ފަންސާސް ފަސް ލާރި) ކަމަށެވެ. މީގެ ކުރިން މިދިޔަ ޖެނުއަރީމަހު ކަނޑައަޅާފައިވަނީ 7062.65 (ހަތްހާސް ފަސްދޮޅަސް ދެ ރުފިޔާ ފަސްދޮޅަސް ފަސް ލާރި)އެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖޭގައި މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަލަނީ ރިހީގެ އަގުންނެވެ. އެހެންކަމުން ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ދަނީ ބަދަލު ގެންނަމުންދެއެވެ. އެމީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއްވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

މުދަލު ޒަކާތް މީގެކުރިން އިސްލާމިކް މިނިސްޓްރީއަށް ދައްކަމުންއައި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއަށެވެ. އެގޮތުން މީރާއަށް އޮންލައިކޮށް ވެސް މުދަލު ޒަކާތް ދެއްކޭނެއެވެ. އަދި އެމީހަކު މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރުވެސް މީރާ ވެބްސައިޓު މެދުވެރިކޮށް ބެލޭނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ