ކޮތަޅުން ޓެކްސް ނަގަން ނިންމުމާއެކު ހަނިމާދޫ ކައުންސިލުން ކޮތަޅުގައި ކުނި އުކާލުމަށް ނޫނެކޭ ބުނެފި

ހަނިމާދޫ ޚަބަރު ފަހުގެ

ކޮތަޅުން ޓެކްސް ނަގަން ނިންމުމާއެކު ހަނިމާދޫ ކައުންސިލުން ކޮތަޅުގައި ކުނި އުކާލުމަށް ނޫނެކޭ ބުނެ ޑަސްޓްބިން ފޯރުކޮށްދޭން ނިންމައިފިއެވެ.

ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް ވިދާޅުވީ ޒަމާނުންސުރެއް ކޮތަޅުގައި ކުނިވާ ޒާތު ކުނި އުކުމަކީ އަބަދުވެސް ކަންބޮޑު ވުމެއްކަމަށާއި އެކަން ހައްލުކުރުން އެއީ އަބަދުވެސް އުންމީދެއްކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

” މިއަދުން ފެށިގެން މި ފޯރުކޮދެނީ ކޮންމެ ގޭބިސީއަކަށް ކުނިވާ ޒާތުގެ ކުނި އަޅަން ޑަސްޓްބިން…މި ކައުންސިލުން ބޮޑު ހަރަދެއް ކޮށްގެން ކުރާ ކަމެއް…” ނައިބު ރައީސް

ނައިބުރައީސް ވިދާޅުވީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ޓީމުގެ ފަރާތުން ޑަސްޓްބިން ގެތަކަށް ހަވާލު ކުރާނެކަމަށާއި އެޔާކު މިހާރެކޭ އެއްގޮތަށް ކުނިވާޒާތުގެ ކުނި އަޅަން ހާސައްކޮށްފައިވާ ޑަސްޓްބިންތަކަށް އެޅުންއެދެއެވެ.

” މި ޑަސްޓްބިންތައް ދިނުމުން އެޔަން ކުނިވާ ކާބޯތަކެތި އެކަނި އަޅަންވާނި…އެއްވެސް ވަރަކަށް ކޮތަޅު، ދަޅު، ފުޅި، އަޅައިގެން ނުވާނެ… މި ކަމުން ކޮތަޅު ގަތުމަށް ކުރާ ބޮޑު ހޭދައަށް ލުއި ލިބިގެން ދާނެ” ނައިބު

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ