“ފުޅިބައްތި” އުސޫލުން ހުރި ބައްތިތަށް ބަދަލުކޮށް މަގުތަކަށް ޒަމާނީ ލައިޓް ހަރުކުރަން ހަނިމާދޫ ކައުންސިލުން ފަށައިފިއެވެ.
ފަހަރުގައި މިތަނުގައި “ފުޅިބައްތި” ބޭނުން ކުރުމުން ބައެއް ކިޔުންތެރިން ސުވާލު އުފައްދާނެކަން އަހުރެނަށް އިނގެއެވެ. އެހެން ކަމުން އަހަރެނާއެކު މި ލިޔުމުގެ ނިމުމާ ހަމައަށް ދަމާ އަންނާށެވެ. އޭރު ސުރުހީ ކިޔާލުމުން އުފެދުނުން ސުވާލުްްތަކަށް ޖަވާބު ލިބިދާނެއެވެ.
ހަނިމާދޫ މަގުތަކުގައި ހުރި މަގުބައްތިތަކަށް ނަޒަރު ހިންގާލުމުން ފެނިގެން ދާނީ އިހު ބުނިހެން ހުރި “ފުޅިބައްތި” އަލި ހުންނަހެން ހުރި ބައްތިއާއި ދިއްލެން ހަދާން ނެތިފައިވާ މަގުބައްތިތަކެވެ. ދެން ފެންނާނީ ނިވެން ދެކޮޅު ހަދާ ބޮޑާ ހާކާފައި ހުންނަ ލައިޓެވެ. ނަމަވެސް ހިތާމައަކީ ދިއްލޭކަމަށް ބުނި ލައިޓްތައްވެސް ވިއްސާރަވެއްޖައީމު ހުޅުކޮޅު ނިވާލާ ރަޖާލާތަން ފެނުމެވެ.
” މަގު ބައްތި ދިއްލުނަސް ނުދިއްލުނަސް ކޮންމެ މަގުބައްތިޔަކަށް އަގުނަގާ ބިލްހަދާނެ” ހަނިމާދޫ ކައުންސިލް އެސްޖީ
ރައްޔިތުން ގެންދިޔައީ މި ބައްތިތަކުގެ ޝަކުވާ އެވަގުތަކު އޮތް ކައުންސިލަކާ ހިއްސާކުރަމުންނެވެ. ނަމަވެސް ރައްޔިތުންގެ ޝަކުވާ އަޑު އަހާ 4 ވަނަ ދައުރުގެ ކައުންސިލުން މިވަނީ 2 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން މަސްކަތް ފަށާފައެވެ. އަދި “މިނެޓް ޕްލަސް” ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައެވެ.
އެކުފުންޏާ ހަވާލުކޮށްފައިވަނީ 19 އަށްވުރެ ގިނަ މަގުގައި 150 ބައްތި ޖެހުމަށެވެ. ފަހަރުގާވެސް 2 މިލިޔަނުން ކުރަނީ މިކަން އެކަންޏެން ނޫނެވެ. އެކި ފިހަވައްސައް ބަހަލައިގެން ކުރިޔައްދާ މި މަސްރޫއުގައި މިހާތަނަށް ލައިޓް ޕޯސްޓްތައްވެސް ގެނެސްފައިވެއެވެ.
” ޒަމާނީ ލައިޓް މި ހަރުކުރަނީ، އަދި މީޓަރު ހަރު ކުރެވޭނެ، އައު ކޭބަލް އެޅޭނެ، މިއީ ރައްޔިތުންގެ ބޮޑު ޝަކުވާއަކަށް ހައްލު ލިބިގެންދިއުން، އަހަރެމެން މިއުޅެނީ ރައްޔިތުންގެ އެދުންތައް ފުއްދުމުގައި އަވަދިނެތި، އެކަމުވެސް ގަބޫލު ކުރަން ވާނެ ހުރިހާކަމެއް އެންމެ ހިތްއެދޭ ގޮތަށް ނުވެދާނެ ކަންވެސް” ނައިބު ރައީސް ފިރާގް