ހަނިމާދޫ ފަޅުތެރޭގައި ބަނގުރާ ވިއްކާ ސަރަހަދެއް ގާއިމުކުރުމުގެ ހުއްދަ ދިނުމަށް ހަނިމާދޫ ކައުންސިލުން ފޫގަޅައިގެން!

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ފަޅުތެރޭގައި ބަނގުރާ ވިއްކާ ސަރަހަދެއް ގާއިމުކުރުމުގެ ހުއްދަ ދިނުމަށް ހަނިމާދޫ ކައުންސިލުން ފޫގަޅައިލަައިފިކަން އިތުބާރު ހުރި މަސްދަރަކުން އެނގިއްޖެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ގޮށްކޮޅަ މައުލޫމާތު ހިއްސާކުރި ހަނިމާދޫ ކައުންސިލުގައި އުޅޭ ފަރާތަކުން ބުނީ ހަނިމާދޫގައި ހިންގާ ސިޓީ ހޮޓަލުގެ އެދުމުގެމަތިން ފަޅުތެރޭގައި ބަނގުރާ ވިއްކަން ބިންހިއްކައިގެން ސަރަހަދެއްް ހަދަން ހުއްދަދޭން ހަނިމާދޫ ކައުންސިލުން އުޅޭކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

” ތިބޭ ފުޅުންނަށް ވެސް ފެންނާނެ ކައުންސިލްގެ ދެބައްދަލުވުމަކަށް ސިޓީ ފޮނުވާފައިވާކަމަކަށް މަޝްވަރާކުރަން އެޖެންޑާ ކޮށްފައިވާތަން، ނަމަވެސް ދެ ޖަލުސާއަށް ވެސް އޮޅިގެން ކުރެވުނީ ނުބައި އެއްޗެއް. އެހެންވެ އަދި ގޮތެއް ނުނިމިފައި އެއޮތީ” ނަން ނުޖެހުމަށް ބުނި ކައުންސިލްގެ ފަރާތް

އެނާ ބުނީ ސަރުކާރާއެކު އެފަރާތުން ކުރާ މަސްވަރާގައި ހުއްދަ ލިބުމާއެކު ކައުސިލުންވެެސް ހުއްދަ ދޭން ނިންމާފަައި ވާކަމަށެވެ. އޭރުން ހިއްކާ ބިން ހަނިމާދޫއާ ފާލަމަކުން ގުޅާލެވޭނެ ކަމަށާ އޭެރުން މިހާރު ސިޓީ ހޮޓަލުން ރާވިއްކާ ސަފާރީގެ ބޭނުން ނެތިގެން ދާނެކަމަށެވެ.

މި ހުއްދަ ކައުންސިލުން ދީފިނަމަ ހަނިމާދޫގައި ޓޫރިޒަމް އިތުރަން ފުޅާވަނެކަމަށް ބުނާ ކަމަށްވެސް އެނާ ބުންޏެވެ.

ހަނިމާދޫގައި ހިންގާ ސިޓީ ހޮޓަލުން ރަށަށް އެކަށީގެންވާ ފައިދާ ނުވާކްމާ، މުސާރަ ކުޑަކަމުގެ ސަކުވާ ރައްޔިތުން ކުރެއެވެ. އަދި އެ ބިން ދޫކުރިގޮތާ މެދު ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކެއްވެސް ހުރެ އެ ވާހަކަ ދައްކައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ