މާޒިންގެ ޝުކުރު އޭނާގެ މަަަައިންބަފައިންގެ އިތުރުން ޕްރިންސިޕަލް މުޙްސިން ސަރ އަދި ހުރިހާ މުދައްރިސުންނަށް

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސްކޫލް 2021/22 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރު ހދ.ހަނިމާދޫ، ޒަމީން، އަހުމަދު މާޒިންގެ ޝުކުރު އޭނާގެ މައިންބަފައިންނަށާއި ޕްރިންސިޕަލް މުޙްސިން ސަރ އަދި ކިޔަވައިދިން އެންމެހާ މުދައްރިސުންނަށް އޮއްސާލައިފިއެެވެ.

ރޭ ހަނިމާދޫ ސްކޫލްގައި ބޭއްވި 2021/22 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލުސާގައި ވާހަކަ ދައްކަމުން މާޒިން ބުނީ މިހެން ބުނެލާ ދެތިން ޖުމުލައިން ބަހަކުން ޝުކުރު ހައްގުވާ ފަރާތްތަކުގެ އަގުވަޒަން ނުކުރެވޭނެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެން ނަމަވެސް މާޒިން ބުނީ ތަފާތު އެތައް ތަޖުރިބާއެއް ކުރެވުނު ތައުލީމީ ދަތުރުގައި އުއްމީދު ގެއްލިި މާޔޫސްވީ ކޮންމެ ދަނޑިވަޅެއްގައި އޭނާއަށް ހިތްވަރުދީ، ދިމާވާ އެންމެހާ ގޮންޖެހުންތަކުން އަރައިގަތުމަށް އޭނާގެ މަންމަ އަދި ބައްޕަ އަބަދުމެ ކައިރިގައި ހެޔޮ ނަސެހަތްދީ އެތައް ގުރުބާނީއެއް ވެފައިވާ ކަމަށާއި އެހެންކަމުން އެ ދެފަރާތަށް ހިތުގެ އުމުގުން ޝުކުރު އަދާކުރާ ކަމަށެވެ. އަދި އައިލާ މެންބަރުން ވެސް އެފަދައިން ތިބިކަމަށާއި އެހެންކަމުން އެފަރާތްތައްވެސް ޝުކުރުގައި ޝާމިލް ކުރާކަމަށެވެ.

ވާހަކަ ކުރިޔަށް ގެންދަމުން މާޒިން ބުނީ ދިރިއުޅުމަށް ތައްޔާރުވެފައިވާ ބައެއްގެ ގޮތުގައި ދަރިވަރުން ހެދުމަށް ރެޔާދުވާލު އެއްކޮށްލާ އެބުރަ އުފުލަނީ މުދަރިސުން ކަމަށެވެ. އެހެން ކަމުން އޭނާއަށް އުގަންނައިދިނުމުގައި ހަރަކާތްވި އެންމެހާ މުދަރިސުންނަށް ޝުކުރު އަދާކުރާކަމަށާ މި ޝުކުރުގައި ސްކޫލް މެނޭޖުމެންޓް ޝާމިލް ކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

“މިރޭގެ މިއުފާވެރި މެހެފިލްގައި ސަރ (ޢަބްދުލް މުޙްސިން އަބުދުއްލަތީފް) ނެތްކަމުގެ ފަޅުކަން އިޙްސާސްކުރެވެ…”

އޭނާގެ ކާމިޔާބީގެ އިސް މާލިމީގެ ގޮތުގައި އެންމެ ބޮޑު އެއް މަދަރުގާރެއް ކަމަށް އޭނާ ފާހަގަ ކުރީ ހަނިމާދޫ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް މުޙްސިން ސަރއެވެ. އަދި ސަރގެ އެ ބުރަ މަސައްކަތް ފާހަގަކޮށް އޭނާ ވަނީ ނިމުމެއްނުވާ ޝުކުރު އަދާކުރާކަމަށް ބުނެފައެވެ.

މާޒިން ވާހަކަ ނިންމާލީ ކެތްތެރި ކަމާއެކު ﷲ ގެ ފަރާތުން މަދަދަށް އެދި ގަދަ އަޅާ މަސައްކަތް ކޮށްފިނަމަ ކަމިޔާބު ދަރިވަރަކަށް ވެވޭނެ ކަމަށް ދަރިވަރުންނަށް ނަސޭހަތް ދެމުންނެވެ. އަދި ވަގުތަށް އިހްތިރާމް ކުރުމަށްވެސް އޭނާ ގޮވާލިއެވެ. އަދި ކާމިޔާބު ދަރިވަރަކަށް ވުމަށް މަސައްކަތް ކުރާއިރު، ސިކުނޑިއަށް ލުއި ލިބޭ ކަންކަމަށް ވަގުތު ހުސްކުރަން ވާނެކަށްމަވެސް އޭނާ ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ