ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް މޯލްޑިވިއަން އިން ތައްޔާރުވެއްޖެ

ޚަބަރު ފަހުގެ

ހދ. ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް މޯލްޑިވިއަން އިން ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަން އިން މިއަދު ބުނީ މި މަހުގެ 30 އިން ފެށިގެން ކޮންމެ ރެޔަކު ކުޅުދުއްފުށީ އެއާޕޯޓަށް ދަތުރުތައް ކުރާނެ ކަމަށެވެ. ކުޅުދުއްފުއްޓަށް ރޭގަނޑު އަޅާ ފްލައިޓް މާލޭ އިން ފުރަން ހަމަޖެހިފައިވަނީ 18:50 ގައި އެވެ. އަދި ކުޅުދުއްފުށިން މާލެއަށް އެ ފްލައިޓް ފުރަން ހަމަޖެހިފައިވަނީ 20:15 ގައެވެ.

އިޝްތިހާރު
އިޝްތިހާރު

ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް އެ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސީ މި މަހުގެ 12 ވަނަ ދުވަހުގެ ރެ އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނީ ރޭގަނޑު ދަތުރުތައް ފެށުމާއެކު ކުޅުދުއްފުށި އެއާޕޯޓުން ދެވޭ ހިދުމަތްތައް 24 ގަޑިއިރަށް ބަދަލުވެގެންދާނެ ކަމަށެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފެށީ 2019 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 9 ވަނަ ދުވަހު އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ